ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ފެށި އެއްވެސް މަސައްކަތެއް ނުހުއްޓުވޭނެ: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބުރިޖަށް ފާޑުކިޔުންތައް އަމާޒު ކުރަމުންދަނީ އެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ދާތީ އެކަން ”ހަޖަމު“ ނުވާ މީހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބުރިޖު އެޅުމުގެ މަޝްރޫޢުގެ ތެރެއިން އެ މަސައްކަތްތައް ކުރުމަށް ގެންގުޅުނު ޕްލެޓު ފޯމު ވިލިނގިލި ފަރަށް އަރައި ގެއްލުން ލިބުން އަދި މަސައްކަތް ކުރުމަށް ބޭނުން ކުރަމުންދިޔަ ކެރޭނެއްގެ ބައެއް ބިންދައިގެން ދިއުން ފަދަ ކަންކަން ދިމާވުމާއި ގުޅިގެން އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ އިސް ސަފުގައި ތިއްބަވާ މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުންވެސް ރައީސް ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދާ ތިލަމާލެ ބުރިޖު މަޝްރޫއުއަށް ފާޑުކިޔުންތަކެއް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައި ނިހާދުވަނީ އެ މަޝްރޫއު ކުރިއަށް ދަނީ އެކަށީގެންވާ ގޮތެއްގެ މަތިންކަމަށް ސިފަކުރައްވާފައެވެ.

ބުރިޖު އެޅުމަށް ޖަހަމުންދާ ތަނބުތައް އަރިއެޅުން ފަދަ ކަންކަން ކުރިމަތިވަމުންދާކަމަށް ބުނެ ވާހަކަ ދައްކަމުންދާ ފަރާތްތަކަށް އިޝާރާތްކުރައްވާ ނިހާދު ވަނީ ތަނބު ޖަހަން ދަސްކޮއްދޭން ދާންވީ ނޫންތޯ ސުވާލު ކުރައްވާފައެވެ. އެނާ ވިދާޅުވީ ޗައިނާ އިން އަޅާފައިވާ ހުޅުމާލޭގެ ބުރިޖު އެޅުމަށް ބޭނުން ކުރީ ޖަރުމަނުގެ ޒަމާނީ ވަސީލަތްތައް ކަމަށެވެ. އަދި އިންޑިއާއިން އަޅަމުންދާ ތިލަމާލެ ބުރިޖު އެޅުމަށްވެސް އެ ވަސީލަތްތައް ބޭނުންކުރާ ކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ނިހާދު ވިދާޅުވީ، ހުޅުމާލެ ބުރިޖު އަޅަމުންދިޔަ އިރު އެ ބުރިޖަށްވެސް ފާޑުކިޔުންތައް އަމާޒުކުރާކަމަށެވެ. އަދި ބުރިޖު އޮޔާ ދާ ވާހަކައާއި ބުރިޖުގެ ތަނބުތައް ހަރުނުލާވާހަކަތައްވެސް ދެކެވުނުކަމަށް ފާހަގަކުރައްވާ އޭނާވަނީ ދެކެވެމުންދާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް ކަމަށް ސިފަކުރައްވާފައެވެ.

ނިހާދު ކުރެއްވި ޓްވީޓަށް އާންމުންގެ ފަރާތުން އަމާޒުވެގެންދިޔަ ފާޑުކިޔުންތަކަށްވެސް އެނާ ރައްދު ދެއްވިއެވެ. ކުރަމުންދާ މަސައްކަތްތައް ބުރިޖެއް އެޅުމުގެ މަސައްކަތްތަކާއި އެއްގޮތް ނުވާކަމަށް ސިފަކުރި ފަރާތަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ، ހުޅުމާލެ ބުރިޖުވެސް އެޅީ އެކި ފާޑުކިޔުންތައް އަމާޒު ކުރަމުންދަނިކޮށްކަމަށެވެ. އަދި އާންމުންވެސް ދައްކަމުންދަނީ ސިޔާސީ ވާހަަކަތަކެއް ކަމަށާއި ރައްޔިތުންނަށްވެސް ”ސިޔާސީ ވާނުވާ“ އިނގޭނެކަމަށް އެނާ ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތައް ހުއްޓުވުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް ފާހަގަކުރައްވާ ނިހާދު ވިދާލުވީ، މަޝްރޫޢުތަކާއި ދެކޮޅަށް މަސައްކަތް ކުރާ މީހުން މަސައްކަތް ކުރަމުންދަނީ މަސައްކަތްތައް ކުރިއަށް ދާ މަންޒަރު ފެނި އެކަން ”ހަޖަމު“ ނުވާތީކަމަށެވެ.

އެނާ ވިދާޅުވީ، ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ މަޝްރޫއުތައް ހުއްޓުވުމަށް ކޮންމެވެސް މަގެއް ހޯދުމަށް ކަމަށެވެ. އެހެން ނަމަވެސް މަޝްރޫޢުތައް ފަށާފައިވަނީ މާތްﷲ އިރާދަފުޅާއި އެކު ކަމަށް އިޝާރާތްކުރައްވާ އެނާ ވަނީ އެ ޕްރޮޖެޓުތައް ނުހުއްޓުވޭނެކަމަށް ސިފަކުރައްވާފައެވެ. ނިހާދު ވިދާޅުވީ ރައްޔިތުންގެ ފައިސާތައް ބޭކާރުވާން ރައްޔިތުންނެއް ނޭދޭނެކަމަށެވެ.

ތިލަމާލެ ބުރިޖު އެޅުމުގެ ތެރެއިން ގެއްލުންވެފައިވާ ވިލިނގިލި ފަރުގެ މައްސަލައިގައި އެމްޑީޕީގެ ކްލައިމެޓު އެކްޓިވިސްޓުން ކޮބާތޯ ނިހާދު އާއި ސުވާލު ކުރުމުން ”ސޭވް ދަ ވޭވްސް“ ޝިޔާރުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތްތަކަށް އަލި އަޅުވައި ނިހާދު ވިދާޅުވީ، ހުޅުމާލެ ބުރިޖު އެޅުމުގެ ތެރެއިން ރާޅުތައް ހަލާކުވާތީވެސް ބަޔަކު މީހުން އުޅުންކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން އެއް ބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަސައްކަތްތައް ކަމަށް ސިފަކުރައްވާ ނިހާދު ވިދާލުވީ، އެފަދަ ކަންކަން ބޭނުންކޮއްގެން ރައްޔިތުންނަށް އެޅުވާނުލެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: