ކ ކާށިދޫ ޒިކުރާ މިސްކިތުގެ މުދިމު މަސްތުގެ ހާލަތުގައި ހުރެ މިސްކިތަށް އަރައި އިމާމްވެ ނަމާދު ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މައްސަލަ އާއި ގުޅިގެން ކާށިދޫ ކައުންސިލްގެ ނައިބު ރައީސް ޝަހުލާ ޒާހިރު ވިދާޅުވީ ޒިކުރާ މިސްކިތުގެ މުދިމު ހުރީ އެއްމަސް ދުވަހަށް ސަސްޕެންޑް ކުރެވިފައި ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ކާށިދޫ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަން ހާމަކޮށް ރަށުގެ ރައްޔިތަކު ވިދާޅުވީ މިސްކިތުގެ މުދިމު މަސްތުގެ ހާލަތުގައި ހުރެ މިސްކިތަށް އަރާ ނަމާދު ކުރާތީ މިސްކިތަށް ނަމާދު ކުރަން އަރާ މީހުންނަށް އެކަމުގެ އުނދަގޫ ކުރިމަތިވާ ކަމަށެވެ.
އާއްމުންގެ ތެރެެއިން ވާހަކަ ދެއްކި މީހާ އިތުރަށް ބުނީ އާއްމު ގޮތެއްގައި ފަތިސް ނަމާދުތަކުގައި މުދިމަށް ސޫރަތުލް ފާތިހާ ދިހަ ފަހަރު ކިޔައިދޭން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ނަމާދު ކުރާ މީހުން މިސްކިތަށް ދިއުން މަދުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ނަމާދުގެ ވަގުތު ޖެހޭ އިރުވެސް ބަންގި ނުގޮވާ މައްސަލަ އާއި ނަމާދުގެ ޖަމާއަތް ވަގުތުގައި ނުފަށާ މައްސަލަ ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި ކަމަށް ރަށުގެ އާއްމުންގެ ތެރެއިން މީހަކު ވަނީ ބުނެފައެވެ. އަދި މުދިމު މީހާ މިސްކިތަށް އަރާއިރު ސާފުތާހިރު ކަން ފުރިހަމަ ނުވާކަމަށާއި އޭނާގެ ލާ އަންނައުނުން ދާ ވަސް ދުވާ ކަމަށާއި ލާ އެއް ގަމީހެއް ހަފްތާ ދެ ހަފްތާ ވަންދެން ލާ ކަމަށް ވެސް އާއްމުންގެ ތެރެއިން މީހަކު ވަނީ ބުނެފައެވެ.
މި މައްސަލައިގައި އިސްލާމިކް މިިނިސްޓްރީގެ ބަހެއް ހޯދުމަށް އެމިނިސްޓްރީ އާ ސުވާލު ކުރުމުން ވަނީ ޖަވާބު ލިބޭ ގޮތެއް ނުވެފައެވެ.


One Response
ކާށިދޫ 3 މިސްކިތު 3 މުދިމުންގެ ހާލަތު
1 ހަކުރު ބޮނީ
2 އެއް ޖިންސުން ގުޅުން ހިންގަނީ
3 ކުޑަ ކުދިންނާ ބެހެނީ