ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރިޖު މަސައްކަތްތަކަށް 1.7 ބިލިއަނާއި ގާތްކުރާ އަދަދެއް!

ތިލަމާލެ ބްރިޖު މަސައްކަތް ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރިޖު އެޅުމައްޓަކައި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 306 މިލިއަނާއި ގާތް ކުރާ އަދަދަކަށް ސަރުކާރުން ހަރަދުކޮއްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު ނެރެމުންދާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓު ރިޕޯޓުން ދައްކާ ގޮތުން ޑިސެމްބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް ބުރިޖު އެޅުމުގެ ނަމުގައި ހަރަދުކޮއްފައިވަނީ 695 މިލިއަނާއި ގާތް ކުރާ އަދަދެކެވެ. އެހެން ނަމަވެސް މި ޑިސެމްބަރު 8 ވަނަ ދުވަހު ނެރިފައިވާ ރިޕޯޓުން ދައްކާގޮތުން އެ މަސައްކަތްތަކުގައި ސަރުކާރުން ހަރަދުކޮއްފައިވަނީ 1691 މިލިއަނެވެ. އެހެން ކަމުން މި ދެމެދު ސަރުކާރުންވަނީ 306 މިލިއަނާއި ގާތް ކުރާ އަދަދަކަށް މި މަސައްކަތްތަކުގައި ހަރަދުކޮއްފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުން ސަރުކާރުންވަނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހާއި އައް ވަނަ ދުވަހާއި ދެމެދު ރިކަރެންޓު އަދި ކެޕިޓަލް ހަރަދު ގޮތުގައި 1.9 ބިލިއަނާއި ގާތް ކުރާ އަދަދަކަށް ހަރަދުކޮއްފައެވެ. އަދި ދަތުރު ހަރަދުގޮތުގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 6.9 މިލިއަން ހަރަދުކޮއްފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ބުރިޖު މަސައްކަތްތަކަށް ހަފްތާއެއްގެ ތެރޭގައި އެތައް މިލިއަނެއް ސަރުކާރުން ހަރަދުކޮއްފައިވާއިރު، މި މަޝްރޫޢު ކުރިއަށްދާ ގޮތުގެ ސަބަބުންނާއި މަސައްކަތްތަކުގެ ތެރެއިން ފެންމަތިވަމުންދާ މައްސަލަތަކުގެ ސަބަބުން، މަޝްރޫޢުއަށްވަނީ އެކި ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެގޮތުން ބުރިޖު އެޅުމަށް ބޭނުންކުރަމުންދިޔަ ޕްލެޓުފޯމު ވިލިނގިލި ފަރަށް އަރައި ގެއްލުންތަކެއް ލިބިގެން އެކަމުގެ ބަދަލު ހޯދުމަށް އީޕީއޭއިން ޝަރީއަތަށް ހުށައަޅާފައިވާއިރު، ބުރިޖު އެޅުމަށް ތަންބުޖަހަން ބޭނުން ކުރަމުންދިޔަ ކެރޭނެއް ބިންދައިގެންދިޔަ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން ގިނަ ފަރާތްތަކުންވަނީ ބުރިޖުގެ ރައްކައުތެރިކަން އަދި މަސައްކަތްތަކުގެ ފެންވަރާއިމެދުވެސް ސުވާލު އުފައްދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: