ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީ ބަނދަރާއި ތިލަމާލެ ބްރިޖް 2027 ގައި ނިމޭނެ: މިނިސްޓަރު ޒަރީރު

ފިނޭންސް މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވިޔަފާރިއާއި ލޮޖިސްޓިކްސް މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ ތިލަފުށީ ކޮމާޝަލް ހާބަރު މަޝްރޫއު އާއި ތިލަމާލެ ބްރިޖުގެ މަޝްރޫއު 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން ނިންމައި އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ބަޔާން އިއްވަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށް ކަމަށެވެ.

އެގޮތުން، މާލޭ ވިޔަފާރި ބަނދަރުގައި އޮތް އެންމެ 5 ހެކްޓަރުގެ ބަދަލުގައި، ތިލަފުށީ ބަނދަރު ތަރައްގީކުރަނީ 60 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 14.6 މީޓަރަށް ބަނދަރު ފުންކޮށްގެން ހަދާއިރު، ބައިނަލްއަގްވާމީ ބޮޑެތި މުދާ އުފުލާ ބޯޓުފަހަރަށް ސީދާ ބަނދަރަށް ކައިރިކުރެވި، މާލޭ ބަނދަރުގައި މިހާރު ހުރި 80,000 ކޮންޓެއިނަރުގެ ޖާގަ، ތިލަފުށި ހުޅުވާއިރު 390,000 ކޮންޓެއިނަރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެ އިންވެސްޓްމަންޓާއެކު، މުދާ ބޭލުމަށް މިހާރު ހޭދަވާ 9 ދުވަހާއި 14 ދުވަހުގެ ދިގު އިންތިޒާރު، އެންމެ 3 ދުވަހަށްވުރެ ކުރު މުއްދަތަކަށް އަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ވިޔަފާރިވެރިންގެ ހަރަދުތައް ކުޑަވެ، މުދަލުގެ އަގު ހެޔޮވުމަށް މަގުފަހިވާނެ ކަމަށާއި، މާލޭގެ މަގުތަކުގެ ތޮއްޖެހުމަށްވެސް ބޮޑު ލުޔެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވިޔަފާރި ބަނދަރުގެ ފުރިހަމަ މަންފާ ލިބިގެންދާނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ތިލަމާލެ ބްރިޖް) މެދުވެރިކޮށް ކަމަށްވާއިރު، އަންނަ 2027 ވަނަ އަހަރުގެ ނިޔަލަށް ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ ހާއްސަ އަމާޒެއް ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

އެ ބްރިޖުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި އެއްފަސްވެ، ގުޅުވާލެވިގެންދާއިރު، މުޅި ސަރަޙައްދުގެ އިގްތިސާދީ ހަރަކާތްތަކަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ލޮޖިސްޓިކްސްއަށް ބޮޑު ކުރިއެރުމެއް ލިބި، މުދާ އުފުލުމާއި ވިޔަފާރީގެ މުއާމަލާތްތައް އެތައް ގުނައަކަށް ހަލުވިވެ، ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް އޭގެ އެންމެ ފުރިހަމަ ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށްވެސް  މިނިސްޓަރުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: