ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި ވިޔަފާރިތަކަށް ލުއި ދިނުމަށް ޖީއެސްޓީ ތްރެޝްހޯލްޑް 1.5 މިލިއަނަށް މަތިކޮށްފި

ފިނޭންސް މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ، ޓެކްސް ދެއްކުމުގައި ހުރި ތަކުލީފުތައް ކުޑަކޮށްދިނުމުގެ ގޮތުން ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާކަން މާލީ ވަޒީރު ޙަސަން ޒަރީރު މިއަދު އިޢުލާނު ކުރައްވައިފިއެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ.

މިހާރު ޤާނޫނު އޮންނަ ގޮތުން އަހަރަކު 1 މިލިއަން ރުފިޔާގެ ވިޔަފާރިވާ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓަރީ ވާންޖެހެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ގޮތަށް މި އަދަދު 1.5 މިލިއަނަށް މަތިކުރުމުން، ކުދި ވިޔަފާރިތަކަށް އިދާރީ ބުރައިން ބޮޑު ލުޔެއް ލިބި، އެ ވިޔަފާރިތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޒަރީރު ވިދާޅުވީ، ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށްޓަކައި އެސްއެމްއީ ސްޓާޓަޕްތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުން މި ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. މީގެއިތުރުން، އައްޑޫ ސިޓީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ”އައްޑޫ އެސް.އެމް.އީ ޓްރޭޑް ފެސިލިޓޭޝަން ޒޯން“ ހެދުމަށް ބޭނުންވާ ފައިސާވެސް ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.

ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ޓެކްސް ނިޒާމުގައި ހުރި ބާގަނޑުތައް ބައްދައި، ޒަމާނީ ”އީ-އިންވޮއިސިންގ“ ނިޒާމެއް ތައާރަފުކުރުމަށް ވަނީ ރޭވިފައެވެ. އަދި އާމްދަނީގެ ސިޔާސަތުތައް ހަރުދަނާކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފިސްކަލް މެންޑޭޓް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްވެސް ބަޖެޓުގައި ވަނީ ހުށަހަޅާފައެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ގެއްލުމެއް ނުވެ، އިދާރީ ގޮތުން ދައުލަތުގެ އާމްދަނީ ރައްކާތެރިކަމާއެކު ބެލެހެއްޓިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: