ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން 2027 ގެ ބަޖެޓުން 3 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ ތަކުލީފު ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 3 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުަށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ޒަރީރު ވިދާޅުވި ގޮތުގައި އަމިއްލަ ބިން އޮވެމެ، ގެދޮރު އިމާރާތްކުރުމުގެ މާލީ ތަނަވަސްކަން ނެތް ރައްޔިތުންނަށް އެހީތެރިވުމަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން އަލަށް ގެދޮރު ގަތުމަށާއި ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ހާއްސަ ލޯނު ސްކީމުގެ އިކުއިޓީގެ ގޮތުގައި 750 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މި އެހީތެރިކަމާއެކު، ބޭންކުތަކުން ނަގާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ދެއްކުމުގައި އާންމު ރައްޔިތުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލެވި، އަމިއްލަ ފުރާޅެއްގެ ދަށުގައި ދިރިއުޅުމަށް އެތައް އާއިލާއަކުން ދެކެމުން އަންނަ ދިގު އިންތިޒާރަށް ހަގީގީ ކުލަވަރު އަންނާނެއެވެ. މިއީ މެދުފަންތީގެ އާއިލާތަކަށާއި ޒުވާނުންނަށް ގެދޮރުވެރިވުމަށް ލިބޭނެ ވަރަށް ބޮޑު ތަނަވަސްކަމެކެވެ.

މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅުމުގެ ފުރުސަތުތައް ފަހިކުރުމަށްވެސް ބަޖެޓުގައި ވަނީ ބޮޑު އިސްކަމެއް ދީފައެވެ. އެގޮތުން ރަށްރަށުގެ ހުސްބިންތަކުގައި ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ވަނީ ދީފައެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ރަށްރަށުގައި އަލަށް ދޫކުރެވޭ ގޯތިތަކާއި އަލަށް އާބާދުވާ ސަރަހައްދުތަކަށް އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބި، ރަށްރަށުގައި އަމިއްލަ ވަޒަނުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިތުރަށް ތަނަވަސްވެގެންދާނެއެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި ކުރިއަރުވައި، ރަށްރަށުގެ އިގްތިސާދީ ދިރުން ވަރުގަދަކުރުމަށް އެޅޭ ބިންގަލެކެވެ.

ބޯހިޔާވަހިކަމުގެ އިތުރުން ރައްޔިތުންގެ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަކުރުމަށްޓަކައި، ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ހާއްސަ ރަށެއް ތަރައްގީކުރުމަށްވެސް އަންނަ އަހަރުގެ ބަޖެޓުން ވަނީ ޖާގަ ދީފައެވެ.

މިއީ އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ބަންދު ދުވަސްތަކުގައި ހިތްހަމަޖެހުމާއި އުފާވެރި މާހައުލެއް ހޯދައިދިނުމުގެ މަގުސަދުގައި ސަރުކާރުން އެކުލަވާލާފައިވާ މުހިންމު ސިޔާސަތެކެވެ. މި މަޝްރޫއާއެކު ރައްޔިތުންނަށް ދަތުރުދިއުމަށް ރައްކާތެރި އަދި ވަސީލަތްތައް ފުރިހަމަ މާހައުލެއް ކޮންމެ އަތޮޅަކުންވެސް ފަހިވެގެންދާނެއެވެ.

ފިނޭންސް މިނިސްޓރ ފާހަގަކުރި ގޮތުގައި، 2027 ވަނަ އަހަރުގެ މި ބަޖެޓަކީ ހަމައެކަނި މާލީ ތަފާސްހިސާބުތަކަކާއި އަދަދުތަކެއް ނޫނެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ފުރިހަމަކޮށްދީ، ކޮންމެ ރައްޔިތަކަށްވެސް ރައްކާތެރި މާހައުލެއްގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދޭނެ އިންގިލާބީ ބަޖެޓެކެވެ. ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މި އެޅޭ ފިޔަވަޅުތަކަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: