ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢުމްރާނީ ތަރައްޤީއަށް 8.2 ބިލިއަން ރުފިޔާ، އަމާޒަކީ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުން

ފިނޭންސް މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މާލީ ކެރިފޯރުންތެރިކަން ދަމަހައްޓައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ބުރޫނާރާނެހެން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށްޓަކައި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ޚާއްޞަކޮށް، ފަށާފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ ކުރިއަށް އޮތް އަހަރު ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓު ހުށަހަޅަމުން ޒަރީރު ވިދާޅުވި ގޮތުގައިޮ ކުރިއަށް އޮތް އަހަރުތަކުގެ ބަޖެޓުގެ ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ޢުމްރާނީ ތަރައްޤީގެ ދާއިރާއަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ މަޝްރޫޢުތައް އަވަހަށް ނިންމައި އޭގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ޕީއެސްއައިޕީގެ ޚަރަދުތަކުގެ ތެރެއިން ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 އިންސައްތައަށްވުރެ ބޮޑުނުވާނެ ގޮތެއްގައި ހިފެހެއްޓުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ތަރައްޤީގެ ދުވެލި ހަލުވިކުރުމާއެކު މާލީ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި، ދައުލަތުގެ އާމްދަނީ ޖީޑީޕީގެ 32 އިންސައްތައަށްވުރެ ދަށްނުވާނެ މިންވަރެއްގައި ހިފެހެއްޓުމަށް ވަނީ ލަނޑުދަނޑި ކަނޑައަޅާފައެވެ. މީގެ މައިގަނޑު އެއް ތަނބަކީ ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ސީދާ ލިބޭ އާމްދަނީގެ ތެރެއިން ފޫބެއްދުމެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވި ގޮތުގައި އަންދާޒާތައް ދައްކާގޮތުން 2027 ވަނަ އަހަރު ދައުލަތަށް 43.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެއެވެ. އަދި އެ އަހަރު ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ރިކަރަންޓް ޚަރަދުތައް އާމްދަނީން ފޫބައްދައި، އިތުރުވާ ބައި ތަރައްޤީގެ އެހެނިހެން ކަންކަމަށް އިންވެސްޓްކުރުމަށް މަގުފަހިވާނެ ބަދަލެކެވެ. މީގެއިތުރުން ބޭރުގެ ލޯނުތަކަށް ދައްކަންޖެހޭ އިންޓަރެސްޓް ޚަރަދު، ޖުމްލަ އާމްދަނީގެ 12 އިންސައްތައިގައި ހިފެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ.

ދައުލަތުގެ ދަރަނި މެނޭޖްކުރުމުގެ ޕްލޭނުގެ ދަށުން، 2027 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި 117 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އަޅާ މާލީ އިސްލާޙީ ފިޔަވަޅުތަކާއެކު 2028 ވަނަ އަހަރު އެ ޢަދަދު 116.3 އިންސައްތައަށް އަދި 2029 ވަނަ އަހަރު 107.9 އިންސައްތައަށް ދަށްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

މާލީ ނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ ގޮތުން 2028 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ އޯވަރޯލް ބެލެންސް ޑެފިސިޓް، ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ތިރިކުރުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު، އެ އަހަރު ޕީއެސްއައިޕީގެ ޚަރަދުވެސް ޖީޑީޕީގެ ނިސްބަތުން 7 އިންސައްތައަށް ދަށްކުރެވި، ޤައުމުގެ އިޤްތިޞާދީ ދުވެލި ހަމަހަމަ އަދި ދެމެހެއްޓެނިވި މިސްރާބަކަށް ގެންދެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: