ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އޮތީ ރައީސް ސޯލިހާއި އެކު، ރައްޔިތުންނަށް މިވަރުގެ ސަރުކާރެއް ނެތް: ރޮޒެއިނާ

ރައީސް ސޯލިހު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ މީދޫ ދާއިރާ އޮތީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހައިއެކުކަމަށް އެ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްްޖެއެވެ.

މި ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް ވާކާލާތުކޮށް ވާހަކަ ދައްކަވާ ރޮޒެއިނާ އަކީ ރައީސް ސޯލިހުގެ އެންމެ އަރިސް އެއް މެމްބަރެވެ. އަދި ރޮޒެއިނާ ދަނީ، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭކަން ފާހަގަކޮށް އެމަނިކުފާނަށް ކެމްޕެއިން ކުރައްވަމުންނެވެ.

އައްޑޫގެ ބައެއް ހިދުމަތްތައް ތައާރަފު ކުރުމަށް ކުރި ދަތުރު ނިންމަވާލައްވައި ރޮޒެއިނާ ވިދާޅުވީ ރަށްތަކުގައި ހޭދަ ކުރި ދުވަހުން ރައްޔިތުންގެ ވިސްނުން ހުރި ގޮތް ވަރަށް ރަނގަޅަށް ސާފުވި ކަމަށެވެ. އޭނާ ވިދާޅުވީ މުޅި އައްޑޫ އޮތީ ރައީސް ސޯލިހާއި އެކުކަމަށާއި ސަރުކާރުގެ މަޝްރޫއުތައް ކުރިޔަށް ދާތީ ރައްޔިތުން ތިބީ ހިތްހަމަޖެހިފައި ކަމަށެވެ.

ރޮޒައިނާ ވިދާޅުވެފައިވާގޮތުގައި މިވަރުގެ ސަރުކާރެއް ދެން ނާންނާނެކަން އެނާގެ ދައިރާ  މީދޫ މެންބަރުން ވެސް ގަބޫލުކުރެއެވެ.

ރޮޒައިނާ އަކީ އަބަދުވެސް ރައީސް ސާލިހާއި ގާތް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ފާޅުގައި ނުރުހުންވުން ފާޅުކުރާ މެންބަރެކެވެ. ރޮޒައިނާ ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދަށް ދެން ގައުމުގެ ވެރިކަމެއް ނުލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: