ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯގައި ކުނި ނެގުމަށް އުޅޭ އެތައް ބައެއްގެ ވަޒީފާ ގެއްލިދާނެކަމުގެ މައްސަލަ މަޖިލީހުގެ އެޗްއާރް ކޮމިޓީއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ މަގުތަކާއި ޕާކުތަކާއި މައިޒާންތަކާއި އާންމު ސަރަހައްދުން ކުނި ނެގުމަށް ވެމްކޯއާއިއެކު މާލެ ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުން އިތުރަށް އާނުކުރަން ސިޓީ ކައުންސިލުން ނިންމުމުން ވެމްކޯއިން ވަޒީފާ ދީފައިވާ މީހުންގެ ވަޒީފާތައް ގެއްލިގާނެކަމުގެ މައްސަލަ މަޖިލީހުގެ އެޗްއާރް ކޮމިޓީއަށް ހުށަހަޅާފައިވާކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުތަކުގައި ކުނި ނެގުމަށް މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ވެވުނު އެއްބަސްވުން މިއަހަރުގެ ޑިސެމްބަރު މަހުގައި ހަމަވާނެއެވެ. އެ އެއްބަސްވުން އިތުރަށް އާނުކުރަން ސިޓީ ކައުންސިލުން ނިންމުމުން އެންމެ ބޮޑު ކަންބޮޑުވުމަކަށް އައީ މާލޭގެ އާންމު މަގުތަކާއި ޕާކްތައް ސާފުކޮށް ކުނި ނަގަން ވެމްކޯއިން ވަޒީފާ ދީފައިވާ މީހުންގެ ވަޒީފާއަށް ވާނެ ގޮތަކާ މެދުގަ އެވެ.

މާލެ ސިޓީ ކައުންސިލާއިމެދު ނުރުހުން ފާޅުކޮށް ރޮޒައިނާ ކޮށްފައިވާ ޓުވީޓުގައިވަނީ، މާލެ ސިޓީ ކައުންސިލެއް އުފައްދާފައިވަނީ ކުނި ނެގުމަށް އުޅޭ ނިކަމެތި އަންހެނުންނާއިމެދު އަނިޔާވެރިކޮށް ކަންތައް ކުރަން ނޫންކަމަށެވެ.

މީގެ އިތުރުން، ކުރާ ކޮންމެ ކަމެއްގައިވެސް އެއްމެ ނިކަމެތި ހާލުގައި އުޅޭ މީހުންނަށް  މާލެ ސިޓީ ކައުންސިލުން ޓާގެޓުކުރަނީ ކޮން މޮޅެއް ހޯދަން ތޯވެސް ރޮޒައިނާވަނީ ސުވާލު އުފައްދަވާފައެވެ. އަދި މި މައްސަލަ  މަޖިލީހުގެ އެހްއާރް ކޮމިޓީއަށް ހުށަހަޅާފައިވާކަމަށް ރޮޒައިނާގެ ޓުވީތުގައި ވެއެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ކުނި ނެގުމަށް ޖުމަލް 178 ދިވެހިންނަށް ވަޒީފާދީފައިވެއެވެ. މާލެސިޓީ ކައުންސިލުން ނިންމި މި ނިންމުމާއެކު އެ 178 މީހުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އެބައޮތެވެ.

ވެމްކޯއާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް މާލެސިޓީ ކައުންސިލުން ބޭނުން ވަނީ،  ވަކި ބަޔަކަށް ބަރޯސާނުވެ، މާ ހަރަދު ކުޑަކޮށް އެ މަސައްކަތް ކުރެވޭނެކަމަށް ޤަބޫލު ކުރައްވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މުއިއްޒުއާއި ނަރީޝްއާއި ދެންވެސް ތިކައުންސިލްގައި ތިބި މެމްބަރުން ނިކުނަންވީއެއްްނު ކުނި ނަގަން. އޭރުން ގައިމު މުސާރަކޮޅު ހަލާލު ވާނެ. މާލެ ސިޓީ ކައުންސިލަށް އަގުހެޔޮކޮށް އެކަން ކުރެވޭނެއެއްނު ސިޓީ ކައުންސިލް ޔުނިފޯމުގައި ގިނައިން މަގުުމަތީގައި އުޅެނީ ބަންގްލަދޭޝް މީހުން. ވެމްކޯއިން ކުނި ނަގަން ދަނީ ދިވެހި އަންހެން ކަނބަލުން. އަގުހެޔޮ ކުރަންށޭ ކިޔާފައި އެކަނބަލުންގެ އާމްދަނީ ކަޓުވާލާފައި ކުޑަ މުސާރާގައި ބަންގްލާދޭޝް މީހުންލައްވާ ކުރުވަން އުޅޭނެ ކަމެއް ނެތް، ކޮންމެހެން ދައުލަތުގެ މާލިއްޔަތަށް މާ ވިސްނާ ބައެއްކަމަށް ދެއްކެންވެގެން، ވެރިކަމުގައި ތިބި އިރު ދައުލަތް ދަރަނިވެރި ކުރުވާފަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: