ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްމޯއިން ކޮތަޅު ވިއްކާ އަގުތައް އިއުލާންކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެމްކޯއިން ބިން ލައިނަރގެ ގޮތުގައި ވިއްކާ ކޮތަޅުތަކުގެ އަގުތައް ހާމަކޮށްފިއެވެ.

ވެމްކޯ އިން އާއްމުކޮށްފައިވާ ކޮތަޅުގެ އަގުތަކަށް ބަލާއިރު ތިން ސައިޒެއް ވަނީ ވިއްކުމަށް ކަނޑައަޅާފައެވެ. އެގޮތުން:

 

ލާޖް ސައިޒް (11*17 އިންޗި) 100 ކޮތަޅުގެ ކޮތަޅު ބޮނޑިއެއް 35 ރުފިޔާ އަށް (ފެހި އަދި ކަޅު ކުލަ)

ޑަބަލް އެކްސެލް ސައިޒް (18* 27 އިންޗި) 100 ކޮތަޅުގެ ކޮތަޅު ބޮނޑިއެއް 165 ރުފިޔާ އަށް (ފެހި އަދި ކަޅު ކުލަ)

ޓްރިޕަލް އެކްސެލް ސައިޒް (36* 48 އިންޗި) 50 ކޮތަޅުގެ ކޮތަޅު ބޮނޑިއެއް 165 ރުފިޔާ އަށް (ފެހި އަދި ކަޅު ކުލަ)

 

ވެމްކޯ އިން މީގެކުރިން ބުނެފައިވަނީ މި ހަފްތާގެ ބުރާސްފަތިދުވަހުން ފެށިގެން އެ ކޯޕަރޭޝަނުން ބިންލައިނަރ ވިއްކަން ފަށާނެ ކަމަށެވެ.

ވެކްމޯގެ ފަރާތުން ވިއްކާ ބިން ލައިނަރ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރަންޓްއޮފީސް ތަކުން މި ހަފްތާގެ ބުރާސްފަތިދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ވެމްކޯއިން އިލްތިމާސްކުރަނީ ކުނި އުކާލުމުގައި އެފަރާތުން ތައާރަފްކުރާ ކޮތަޅު އެކަނި ބޭނުންކުރުމަށެވެ.

ވެމްކޯއިން  ވިއްކާ ކޮތަޅު ދެ ކުލައަކުން ލިބެން ހުންނަނީ ދެ ބާވަތެއްގެ ކުނި އެޅުމަށެވެ. އެއީ ކުނިވާޒާތުގެ ކުނި  ފެހި ކޮތަޅުގައި އުކާލުމަށް  އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި  ބަންދުކުރުމަށް  ވެމްކޯ އިން އިލްތިމާސްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 75%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: