ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯ އިން ކުނިއަޅާ ކޮތަޅު ވިއްކަން ފަށަނީ

ވެމްކޯގެ ވެށިފާރަވެރިން ގޭބިސީތަކުން ނެރެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި އެޅުމަށް ހާއްސަ ކޮތަޅެއް ވެމްކޯ އިން ވިއްކުމަށް ނިންމައިފިއެވެ.

ވެމްކޯ އިން ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅު ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އިން 18 އޭޕްރީލް 2023 އިން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ފޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި 2 ރުފިޔާ ނަގާގޮތަށް ކަނޑައަޅާފައިވާއިރު، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ “ބިންލައިނަރ” އިން ފީ ނަގަން ނުޖެހޭގޮތަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

 

ވެމްކޯ އިން ބުނީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ކުނިއަޅާ ބަންދުކުރުމަށް ބޭނުންކުރާނެ ކޮތަޅު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި 27 އޭޕްރީލް  2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި ކޯޕަރޭޝަނުން ބިންލައިނަރ ވިއްކަން ފަށަން ވަނީ ނިންމާފައެވެ. މި ކޯޕަރޭޝަނުގެ ފަރާތުން ފޯރުކޮށްދޭން މަޝްވަރާކުރެވިފައިވަނީ ކަޅު އަދި ފެހި ކުލައިގެ ތިން (3) ސައިޒެއްގެ ކޮތަޅެވެ. އެއީ 11*17، 18*27، 36*48 އިންޗީގެ ކޮތަޅެވެ.

އެގޮތުގެ މަތިން ކުނި އުކާލުމުގައި، ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ  ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ދަންނަވަމެވެ.

އެގޮތުން، ތައާރަފު ކުރެވޭ ކޮތަޅު މި ކޯޕަރޭޝަނުގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރަންޓް އޮފީސް ތަކުން، މަތީގައި ދެންނެވުނު ތާރީހުން ފެށިގެން ލިބެން ހުންނާނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. އަދި މި ފުރުސަތުގައި ވެމްކޯއިން ތާއާރަފުކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް ވެސ އެކޯޕަރޭޝަނުން އިލްތިމާސް ކުރެއެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު  ކުރިއަށްއޮތް  ދުވަސްތަކުގައި ވެމްކޯ އިން އާއްމު ކުރެވޭނެ ކަމުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: