ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީގެ ސަދަން ރީޖަނަލް ވޭސަޓް މެނޭޖެމެންޓް ފެސިލިޓީ ވެމްކޯ އާއި ހަވާލުކޮށްފި

ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމަށް ގާއިމްކުރެވޭ ސަދަރން ރީޖަމަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ ވެމްކޯ އާއި ހަވާލުކޮށްފިއެވެ.

ރާއްޖޭގެ އެއްމެ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒުގެ ވޭސްޓް އެނަރޖީ ޕްލާންޓް އިންސްޓޯލްކޮށް ނިންމާ މިއަދު އެޕްލާންޓްގެ ޕްރީކަމިޝަންގެ މަސައްކަތް ވަނީ ފަށާފައެވެ. އެ ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދާ އެއިން 1.5 މެގަވޯޓުގެ ކަރަންޓް އުފެއްދޭ ގޮތަށް ޑިޒައިންކޮށް އިންސްޓޯލްކޮސްފައިވާ ޕްލާންޓެކެވެ. އެ ޕްލާންޓަކީ 20.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކޮރެއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ޑިޒައިންކޮށް އިންސްޓޯލްކޮށްފައިވާ ޕްލާންޓެކެވެ. އެޕްލާންޓުގައި އިންސިނެރޭޓަރަކާއި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ސްޓީމް ޓާރބައިންއެއްގެ އިތުރުން ކުނި އަންދައިގެން އަރާ ދުން ކޮންޓްރޯލްކުރުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮގީވަނީ ބޭނުންކޮށްފައެވެ. އެހެންކަމުން ޕްލާންޓް ފަރުމާކޮށްފައިވަނީ ތިމާވެއްޓަށްށާއި އަދި އިންސާނުންގެ ސިއްހަތަށް ގެއްލުން ނުވާނެ ގޮތަށެވެ.

ވޭސްޓް އެނަރޖީ ޕްލާންޓް ކަމިޝަންކޮށް ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވެމްކޯއިން މިހާރުވެސްވަނީ އެކަމާއި ގުޅޭތައްޔާރީތައްވާން ފަށާއިފައިކަމަށް ވެމްކޯއިން މައުލޫމާތި ދެއެވެ. އަދި އޭގެއިތުރުން އެ މަސައްކަތަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމާއި އެތަނަށް ބޭނުންވާ ކުނި ގެނައުމަށް ބޭނުންކުރާނެ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވާކަމަށް ވެސް ވެމްކޯއިން މައުލޫމާތު ދެއެވެ.

އެ ޕްލާންޓުގެ ޕްރީކަމިޝަން ފެށުމަށްޓަކައި ވެމްކޯއާއި އެތަން ހަވާލުކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރޮމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިންވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ިކޮށްދެއްވާފައިވަނީ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރެވެ.

އެ ފެސިލިޓީ ވެމްކޯއާއި ހަވާލުކޮށްދެއްވާފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރޮމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ. އަދި ރަސްމިއްޔާތުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އަދި ކައުންސިލް މެމްބަރުންވެސް ވަނީ ބަވެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: