ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމައްޗަށް ކުނި ނެރޭކަށް ނާންގަން : ވެމްކޯ

ވެމްކޯ ގެ ކުނި އުކާލާ ވެހިކަލް ތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ކުނި، މަގުމަތީގައި ނެރެފައި ބަހައްޓަން އަންގާފައިނުވާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯ އިން ދެމުންގެންދާ ހިދުމަތްތަކުގެ އަގުބޮޑުވެފައިވާ ކަން އާއްމު ރައްޔިތުން ފާހަގަކޮށް  މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައިގައި ވަނީ ބައްދަލުކޮށްފައެވެ.

ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމެޓީގައި  ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ އެޕާޓްމަންޓްތަކުގެ ދޮރުމަތިން ކުނި ނަގާނެ ދެގޮތެއް އެކުންފުނީގެ ފަރާތުން އަންގައި އިއުލާން ކޮށްފައިވާނެ ކަމަށެވެ. އަދި އެއީ އެޕާޓްމެންޓްގެ ދޮރުމަތިން ކުނި ނެގުމާއި ގްރައުންޑް ފްލޯއިން ކުނި ނެގުން ކަމަށް ސިރާޖު ވިދާޅުވިއެވެ. އަދި އެއްވެސް އިރަކު އެއްވެސް ހާލެއްގައި ކުނި މަގުމައްޗަށް ނެރުމަށް އަންގާފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އުފެދޭ ކުނި މަގުމައްޗަށް ނުނެރުމަށް އީޕީއޭ އިން ވަނީ އަންގާފައެވެ. އީޕީއޭ އިން ބުނީ މާލޭގެ މަގުމަތީގައި އާދަޔާ ހިލާފަށް ކުނި ގިނަވަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެފަދަ ކަންކަމަކީ ކުނި މެނޭޖް ކުރުމުގެ ގަވާއިދުން ހުއްދަކުރާ ކަންކަމަށް ނުވާތީ އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

މީގެ އިތުރުން އީޕީއޭ އިން ބުނި ގޮތުގައި ކުނިބުނީގެ ސަބަބުން މާލެ ސަރަހައްދުގެ ދުވާރުތަކާއި މަގުތަކާއި ހުސްތަންތަން ހަޑިވެ ތަގައްޔަރުވުން ހުއްޓުވުމަށް އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެެވެ.

ވެމްކޯގެ އަގުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި  350 ކިލޯގެ ޕިކަޕަކުން ނެގުމަށް ހަމަޖެހިފައިވަނީ 931 ރުފިޔާކަމުގައިވާއިރު، 1 ޓަނޭޖުގެ ޕިކަޕަކަށް ނެގުމަށް ހަމަޖެހިފައިވަނީ 2660 ރުފިޔާއެވެ. 1.5 ޓަނު ޕިކަޕަށް 3990 ނަގާއިރު، 2 ޓަނުގެ ޕިަކަޕަކަށް ނަގަނީ 5320 އެވެ.

ވިޔަފާރީގެ އުސޫލުން ކުނި ނަގާ އުކާލުމުގެ ހިދުމަތްދޭ ފަރާތްތަކަށް ކުނި އުކާލުމުގެ ހިދުމުގެ އަގަށް ގެނެވުނު ބަދަލުތަކާއިއެކު، 350 ކިލޯގެ ޕިކަޕަކަށް ނެގުމަށް ހަމަޖެހިފައިވަނީ 931 ރުފިޔާއެވެ. އަދި 1 ޓަނޭޖުގެ ޕިކަޕަކަށް ނެގުމަށް ހަމަޖެހިފައިވަނީ 2660 ކަމުގައިވާއިރު 1.5 ޓަނޭޖުގެ ޕިކަޕަކަށް ނަގަނީ 3990 ރފުިޔާއެވެ. 5320 ރފުިޔާ ނެގުމަށް ހަމަޖެހިފައިވަނީ 2 ޓަނޭޖުގެ ޕިކަޕުތަކުންނެވެ.

އަމިއްލަ ވިޔަފާރިތަކުން ކުނި އުކާލާ 350 ކިލޯގެ ޕިކަޕުން ނަގަނީ 371 ރުފިޔާކަމުގައިވާއިރު، 1 ޓަނޭޖުގެ ޕިކަޕުން ނަގަނީ 1060 ރުފިޔާއެވެ. 1.5 ޓަނޭޖުގެ ޕިކަޕަށް 1590 ރުފިޔާ ނަގާއިރު، 2 ޓަނޭޖު ޕިކަޕުން ނަގަނީ 2120 ރުފިޔާއެވެ. 4 ޓަނޭޖު ޕިކަޕަށް ނަގަނީ 4240  ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: