ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޗު މަހުގެ 10 ވަނަ ދުވަހުން 13 އަށް ހިލޭ ކުނި އުކާލެވޭނެ!

މާލޭގެ މަގުތަކުގެ އެކި ސަރަހައްދުތަކަށް ކުނި ޖަމާކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަމަހާއި ގުޅުވައި ކުނިއުފައްދާ މިންގަނޑުތައް އިތުރުވެފައިވުމުން ކުނި އުކާލުމުގައި ރައްޔިތުންނަށް ލުއިތަކެއް ގެނެސްދިނުމުގެ ގޮތުން ހިލޭ ބޮޑެތި ކުނިވެސް އުކައިދިނުމަށް ވެމްކޯއިން ނިންމައިފިއެވެ.

ވެމްކޯއިން ހާމަކޮށްފައިވާގޮތުން ރޯދަމަހާއި ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންގަނޑުތައްވަނީ އިތުރުވެފައެވެ. އަދި އެ ކުނި އުކާލުމުގައި ދަތިތައް ދިމާވެ ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތައްވެސް އޮތްކަމަށް ހިއްސާކުރިއެވެ. އެހެންކަމުން އެ ކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން ގްރޭޓާރ މާލެ ސަރަހައްދުގައި އުފައްދާ ބޮޑެތިކުނި އަދި ގެ ސާފުކުރުމުގައި އުފައްދާ ކުނިވެސް ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދިއުމުން ހިލޭ އުކާލަދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން މާޗު މަހުގެ 10 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 13 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް އަމިއްލައަށް ވަޑައިގެން ކުނި އުކާލެވޭނެކަމަށް ހިއްސާކޮށްފައިވެއެވެ. އަދި މި މުއްދަތުގައި އެންޓްރީ ފީއާއި ޑިސްޕޯސަލް ޗާޖުވެސް ދައްކަން ނުޖެހޭނެކަމަށްވެސް ހިއްސާކޮށްފައިވާއިރު، ވިޔަފާރިތަކަށް ކުނި އުކައިދިނުމުގައި ކަނޑައެޅިފައިވާ އުސޫލަށް ބަދަލެއް ގެނެސްފައިނުވާކަންވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: