ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އުޅެނީ މަރު ކޮމިޝަން ބޭނުންކޮށް ރައްޔިތުންގެ ފޯކަސް ގެއްލުވާލުމަށް ކަމުގެ ތުހުމަތު

މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުގެ މެމްބަރު މިސްބާހާއި، ފަރީޝާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ ރިޟްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި ސަރުކާރުން ކުއްލި ގޮތަކަށް ޕްރެސް އެއް ބާއްވައި އެކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅުމެއް އޮވެދާނެކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދެއްކީ ރައްޔިތުންގެ ފޯކަސް ގެއްލުވާލުމުގެ ބޭނުމުގައިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން މައްސަލައިގައި ނޫސްވެރިންނާއި ބައްދަލުކޮށް ބުނީ، މިއީ ސަރުކާރުން އިތުރު ދައުރެއް ހޯދުމަށް ފެށި ރިޔާސީ އިންތިހާބުގެ ކެމްޕެއިނެއް ކަމަށެވެ. ނަމަވެސް ރައްޔިތުން ތިބީ، ސަރުކާރުން ބޭކާރު ގޮތުގައި ހަރަދުތަކެއް ކުރާ ކޮމިޝަނުގެ މެމްބަރުން ދައްކާ ވާހަކަތައް ގަބޫލު ކުރާ ގޮތަކަށް ނޫންކަމަށް ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަންގު ޓީވީގެ ސުވާލަކަށް ޝުޖާއު ވިދާޅުވީ ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މެމްބަރުންގެ މަސައްކަތަކީ ތަހުގީގުގެ ބޭނުމަށްކަމަށް ބުނެ ރަށްތަކަށާއި ރާއްޖެއިން ބޭރަށް ދަތުރު ކުރުން ކަމަށެވެ. މިއީ ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުން ގޮތަކަށް، ބޭކާރު ގޮތުގައި ބޭނުން ކުރުންކަމަށް ސިފަކޮށް ޝުޖާއު ވިދާޅުވީ ކޮމިޝަނުގެ މެމްބަރު މިސްބާހަކީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސް ވަރުން ފެށިގެން ރައީސް ޔާމީނާއި ގުޅޭގޮތުން ތަފާތު އެކި ދޮގު މައުލޫމާތުތައް ހިމެނޭ ރިޕޯޓުތައް ގެނެސް ދެމުން އައި މީހެއް ކަމަށެވެ. އެހެންކަމުން އޭނާގެ ހިތުގައި ރައީސް ޔާމީނަށް އެއްވެސް ހަމްދަރުދީއެއް ނުވަތަ ކުލުނެއް ނޯންނާނެކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި ކުރިޔަށް އޮތީ ރާއްޖެއަށް ތަދު ދުވަސްތަކެކެވެ. އެއީ އިގްތިސާދީ ގޮތުން ރާއްޖެ އަޑިއަޅާލާފައިވުމާއި އަދި މާލީ ގޮތުން ހުރި ހާލަތެވެ. ބޮޑެތި ހަރަދުތަކެއް ހިންގައި، ލޯނުތައް ނަގައިގެން އަޅާ ބްރިޖުގެ ރައްކާތެރިކަމާއި މެދު ސުވާލު އުފެދޭ ގިނަ ކަންކަން ހިނގާފައިވާކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ ސަރުކާރުން ބޭނުންވީ ރައީސް ޔާމީނަށް ކިރިޔާވެސް ތާއީދެއް ލިބިދާނެތީ ރައްޔިތުންގެ ފޯކަސް ގެއްލުވާލުމަށް ކަމަށެވެ.

އިއްޔެގެ ޕްރެސްގައި މަރު ކޮމިޝަނުގެ މެމްބަރު މިސްބާހު ވިދާޅުވީ ރިޟްވާން މަރާލާފައި ވަނީ ދުރާލައި އެކަމަށް ރާވައިގެން އޭނައަށް ފާރަލަމުން ދިއުމަށް ފަހު ކަމަށެވެ. އަދި ރިޟްވާން ވީނުވީއެއް ނޭނގި ގެއްލުމުގެ ފަހަތުގައި ވަނީ އެހެން މަންޒަރުތަކެއްކަމަށް ދެއްކުމަށް މަސައްކަތްކޮށްފައިވާކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން ރިޟްވާން މަރާލުމުގައި އުޅުނު މީހުންނަކީ މިދިޔަ ސަރުކާރުގެ އިސްވެރިންނާއި ގާތް ގުޅުމެއް އޮތް މީހުންކަމަށާއި އެ މީހުންނަށް ރާއްޖެއިން ބޭރަށް ދިއުމަށް ފުރުސަތު ލިބުނީ އޭގެ ސަބަބުންކަމަށް ކޮމިޝަނުގެ މެމްބަރު ފަރީޝާ ވިދާޅުވި އެވެ.

ފަރީޝާ ވިދާޅުވީ ކުށެއްގެ ބަންދުގައި ވަނިކޮށް، ހ. ހިލްޓަން، އަޒްލިފް ރައޫފު ރައީސް ބައިވެރިވި އިވެންޓެއްގައި އުޅުނު ކަމަށެވެ. އަދި ރިޟްވާނަށް ފާރަލީކަމުގެ ތުހުމަތަށް ހައްޔަރު ކުރި މުހައްމަދު ސުވައިދު ބަންދުން ދޫކޮށްލާފައި ވަނީ ވެސް ގޯސްކޮށްކަމަށް ކޮމިޝަނުން ބުންޏެވެ. ފަރީޝާ ވިދާޅުވީ އެ މީހުން ދޫކޮށްލާފައި ވަނީ ސަރުކާރުގެ އިސްވެރިންގެ ބައިވެރިވުން އޮވެގެން ކަމަށެވެ.

މިގޮތަށް މީހުން ބަންދުން ދޫކޮށްލުމުގައި އެ ބުނާ ސިޔާސީ މީހުން އެހީވީ އެ މީހުން ރިޟްވާން ގެއްލުވާލިކަން އެނގި ތިބެ ތޯ ނުވަތަ ހަމައެކަނި އޮތް ގުޅުމަކަށް ތޯ ކުރި ސުވާލަށް މެމްބަރުން ޖަވާބެއް ނުދެއްވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: