ދިރާގުން ގއ މާމެންދޫގައި އެ ކުންފުުނީގެ ހައި ސްޕީޑު ފައިބަރ އިންޓަރނެޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.
ދިރާގުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ފެލިދޫގައި އެ ކުންފުނީގެ ހިދުމަތްތައް އިފްތިތާހުކޮއްދެއްވާފައިވަނީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަކޮއްގެން ފަރުމާކޮއްފައިވާ އޮފާރތަކަކާއި އެކުއެވެ. އެގޮތުން ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުން އަދި މި ހިދުމަތް ލިބިގަތުމައްޓަކައި ބޭނުންވާ ހާއްސަ ރައުޓަރ ނުވަތަ އޯއެންޓީވެސް ހިލޭ ދޭނެ ކަމަށް ބުނެފައިވެއެވެ.
ދިރާގުން ބުނެފައިވާގޮތުން މިއީ ހަލުވި އިންޓަރނެޓު ސްޕީޑާއި ބޮޑެތި ޑޭޓާ އެލޮވެންސްތަކެއް ހިމެނޭ ތަފާތު ޕެކެޖުތަކެއް ހިޔާރުކުރުމަށް ހުޅުވާލެވިފައިވާ ރަނުގެ ފުރުސަތެއްކަމަށެވެ. އަދި ދިރާގުގެ ފައިބަރ ބްރޯޑް ބޭންޑު ހިދުމަތަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ފައިބަރ ނެޓުވޯކު ކަމަށާއި އެ ކުންފުނިން ވަނީ ރާއްޖޭގެ 104 ރަށެއްގައި 85 އިންސައްތަ ގޭބިސީތަކަށް ހިދުމަތްތައް ފޯރުކޮއްދީފައިކަމަށް ބުނެފައިވެއެވެ.
ދިރާގުންވަނީ މި މަހުގެ ތެރޭގައި ވ ފެލިދޫގައިވެސް މި ހިދުމަތްތައް ތައާރަފްކޮއްފައެވެ.

