ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ ބޮޑު ހިޔާނާތް: ތިން މީހަކަށް ދައުވާކޮށްދޭން އެދި ޕީޖީއަށް!

ރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަޖިލީސް ކޮމިޓީގައި/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ގެ ކޮވިޑުގެ އެންމެ ގޯސް ހާލަތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ގެނައުމަށް ފައިސާ ދެއްކި ވެންޓިލޭޓަރުގެ އެއްބަސްވުމުގައި ނާޖާއިޒް ފައިސާ ނަގައި ކޮރަޕްޝަނަށް މަގުފައިވާ އަމަލުތައް ހިންގި މައްސަލައިގައި ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން އަނެއްކާވެސް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ކޮވިޑު-19 ގައި ފެންމަތިވި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ، ވެންޓިލޭޓަރު ވައްކަން އަދިވެސް ތަހުގީގު ނުކުރެވޭ އިރު މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި އެވެ. ނަމަވެސް ދައުވާ ފުރިހަމަ ނުވާކަމަށާއި، އެކަށީގެންވާ ހެއްކެއް ނެތްކަމަށް ބުނެ ޕީޖީން ކޮންމެ ފަހަރަކު ވެސް މައްސަލަ އަނބުރާ ފޮނުވާލަ އެވެ. ދައުވާ ކުރެވެން ނެތްކަމަށް ނިންމައި މައްސަލަ ފޮނުވާލި އަދަދު ފަހަކަށް އަރަ އެވެ. އެހެންކަމުން، މިއީ ވެންޓިލޭޓަރުގެ ހިޔާނާތަށް ދައުވާކޮށް ދޭން އެދި އޭސީސީން ޕީޖީއަށް ހުށަހެޅި ހަ ވަނަ ފަހަރެވެ.

ދައުވާކޮށް ދޭން އެދި ފުރަތަމަ ހުށަހަޅަމުން ދިޔައީ އޭރު ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން ހިމެނޭހެން އިތުރު 11 މީހެއްގެ މައްޗަށެވެ. ނަމަވެސް އެ އަދަދު ތިނަކަށް ދަށް ވީ، ތުހުމަތައް ކުރެވި، ބާރު ދޭ ހެކި ނަމަވެސް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތުމުންނެވެ.

މިމައްސަލައިގަ ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިނިސްޓަރ އޮފް ހެލްތުގެ ނައިބުކަމުގައި ކުރިން ހުންނެވި، ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުރި، ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުރި، ލ. ގަން، ފެއަރީގާރޑެން އަލީ ޝިހާމްގެ މައްޗަށެވެ.

މި 3 މީހުންގެ މައްޗަށްވެސް ކުރުމަށް އެދިފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 13 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މީގެ އިތުރުން މިމައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025ރ. (ތިރީސް އެއް މިލިއަން ފަންސާސްދެހާސް ފަންސަވީސް) ރުފިޔާ އަނބުރާ ހޯދުމަށްވެސް ވަނީ އެދިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: