ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމް ތަކާއިމެދު ހިތްހަމަ ނުޖެހެނީ ކުށް ސާބިތު ކުރަން ފުރިހަމަ ކުރަން ޖެހޭ ބައިތައް ނޭނގޭތީ: ޝުޖޫން

ސުޕްރީމްކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު / ފޮޓޯ: ޕީޖީ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުމް ތަކާމެދު ރައްޔިތުން ހިތްހަމަ ނުޖެހެނީ ޝަރުއީ ނިޒާމް ނޭނގޭތީ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން  ޝުޖޫން ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަކީ ދިވެހިރާއްޖޭގައި އުޅޭ އެންމެންގެ ރައްކާތެރިކަމާ އަދި މުޖްތަމައުގެ ސުލްހަ މަސަލަސްކަމާއި ގުޅިފައިވާ ނިޒާމެއް ކަމަކަށްވާ ހިނދު  އެނިޒާމް ހިނގަމުންދާ ގޮތް މީހުންނަށް އެނގުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ވަރަށް ގިނަފަހަރު ކުށުގެ ތުހުމަތުގައި ތިބޭ މީހުން ހައްޔަރު ނުކުރެވުމުން ނުވަތަ ހައްޔަރުކޮށްފައި ދޫވުމުން ނުވަތަ މީހެއްގެ މައްޗަށް ކުށް ސާބިތުނުވުމުން ނުވަތަ އާދައިގެ ކުށްތަކުގައި ބޮޑެތި އަދަބު ލިބިދެވިފައި އެއަށްވުރެ ބޮޑެތި ކުށްތަކުގައި ލުއި އަދަބު ދިނުމުން އެކަމުގެ ހިތްހަމަ ނުޖެހުން އޮންނަ ކަމަށް ޝުޖޫން ވިދާޅުވިއެވެ. އަދި އެކަމަކީ އާއްމު އުސޫލުން ކަން ހިނގާނެ ގޮތް ކަމަށް ޝުޖޫން ވިދާޅުވިއެވެ. ނަމަވެސް އެހެން އެކަން ހިނގަނީ ޖިނާއީ އަދުލުގެ ނިޒާމް ރޭވިފައި ގޮތާއި އެނިޒާމްގެ ތެރެއިން މީހުންގެ މައްޗަށް ދައުވާކުރުމުގައި ނުވަތަ ކުށްސާބިތު ކުރުމުގައި ފުރިހަމަކުރުމަށް ގާނޫނުން ލާޒިމްކުރާ ކަންކަމަކީ ކޮބައިކަމާ އެކަންކަން ސާބިތު ކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަމަކީ ކޮބައިކަން އާއްމުންނަށް އެނގިފައި ނުވާތީ ކަމަށް ޝުޖޫން ވިދާޅުވިއެވެ.

އާއްމު އުސޫލުން މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވަނީ އެމީހަކު އެކުށް ކުރިކަމަށް އެކަށީގެންވާ މިންވަރަށް ޝައްކެތް ނެތްނަމަ ކަމަށް ޝުޖޫން ވިދާޅުވިއެވެ. އެއީ މަދަނީ ގޮތުން ކަމެއް ސާބިތުކުރުމަށް އޮންނަ މިންގަނޑަށްވުރެ އުސް އޮޅިއެއް ގިރާކުރަން ލާޒިމް ކުރާ މިންގަނޑެއް ކަމަށް ޝުޖޫން ވިދާޅުވިއެވެ.

މައްސަލަ ރިޕޯޓްކުރެވޭ ހިސާބުން ފެށިގެން ތަހުގީގާއި ދައުވާ ކުރުމާއި މައްސަލަ ބެލުމުގައި އެތައްކަމެއް ހިމެނޭ ކަމަށް ޝުޖޫން ވިދާޅުވިއެވެ. އަދި އެކަންކަމުގެ ތެރޭގައި އެކި ޓެކްނިކަލިޓީސް ހިމެނޭއިރު ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ހައިސިއްޔަތުން އުފުލަންޖެހޭ ޒިންމާ ކުޑަނޫން ކަމަށް ޝުޖޫން ވިދާޅުވިއެވެ. އަދި އެޒިންމާ އަދާކުރުމުގައި ގާނޫނަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ ޒިންމާ އަދާކުރުމުގައި ހުރި އުނިކަންކަމަށް ފަރުވާތެރިވާންޖެހޭ ކަމަށް ޝުޖޫން ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ ފަރާތުން އެކުލަވާލި އުންސުރު އަކީ އަދުލުގެ ނިޒާމް ހިނގާގޮތް އެންމެނަށް އަންގައިދޭނެ  އަދި ވަކި މައްސަލަތަކުގައި ވަކިގޮތަކަށް ކަން ހިނގިގޮތް ސާފުކޮށްދޭނެ ނިއުސްލެޓަރ އެއް ކަމަށް ޝުޖޫން ވިދާޅުވިއެވެ. އެނިއުސްލެޓަރ އަކީ އާއްމު ފަރުދުންނެކޭ އެއްގޮތަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްވެސް މައުލޫމާތު ލިބިދެވޭނެ ވަސީލަތެއް ކަމަށް ޝުޖޫން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: