ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގައި އޮވެގެން ހޭދަކުރަންޖެހުނީ ބިރުވެރި ދުވަސްތަކެއް، އެމްޑީޕީގެ މި ވެރިކަން ދަމަހައްޓަން ޖެހޭ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުޙައްމަދު އަސްލަމް :- ފޮޓޯ_ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ގެއްލުމަށްފަހު އިދިކޮޅުގެ މެމްބަރުންވެސް ހިމެނޭހެން ދިވެހި ރައްޔިތުން ކުރިމަތިލާފައިވަނީ ބިރުވެރި ދުވަސްތަކަކާއިކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސުލްޖުމުހޫރިއްޔާއަށް ތާއީދު ހޯއްދެވުމަށް ބޭއްވި ފުރަތަމަ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރުވެސް އެ ޕާޓީއިން ވެރިކަންކޮށްފައިވާނީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއްގެ މަތިންކަމަށެވެ. އަދި އެގޮތުގެ މަތިން ގިނަ މަސައްކަތްތަކެއްވެސް ކޮއްފައިވާނެކަމަށް އެނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ގެއްލިގެންދިޔައީ ބަގާވާތަކުން ކަމަށެވެ. އަދި އެއަށްފަހު މަގުމަތީގައި ހަތް އަހަރު ހޭދަކުރަންޖެހުނީ ވަރަށް ނުތަނަވަސް ދުވަސްތަކެއް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، މަގުމަތީގައި ނޫންނަމަވެސް އާންމު ރައްޔިތެއްގެ ހައިސިއްޔަތުންވެސް ދިރިއުޅެންޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށެވެ. އަދި އެ ބިރުވެރިކަން ތަހައްމަލު ކުރަންޖެހުނީ ވަކި ބަޔަކު ނޫންކަމަށާއި އިދިކޮޅު ޕީޕީއެމްގެ ވަޒީރުންނާއި މެމްބަރުންވެސް ތަހައްމަލު ކުރަންޖެހުނީ ބިރުވެރިކަމެއް ކަމަށާއި ހައްޔަރުކޮށްފާނެ ވަގުތެއްވެސް ނޭނގޭކަމަށް އެނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުރިމަތިވެދާނެ ބިރުވެރިކަމެއް އަންދާޒާ ނުކުރެއްވޭކަމަށް އެނާ ވިދާޅުވިއެވެ. އަދި ބެރިކޭޑު ރޫޅަންޖެހުންކަމަށާއި އެއީ ގައުމެއް ރަނގަޅު ގޮތުގައި އޮވެގެން ކަންވެގެންދާނެ ގޮތް ނޫންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އެގޮތުގެ މަތީ ތާއަބަދު ތިބެން ބޭނުން ނުވާކަމަށެވެ. އަދި އަބަދު މުޒާހަރާ ކުރުމުގައިވެސް ނޫޅުއްވޭނެކަމަށްވެސް އެނާ ވިދާޅުވިއެވެ. އަދި މިހާރު އޮތް އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ޖެހޭކަމަށްވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: