ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑެތި ވަގުން ތިބީ ގޭގައި، އަނެއް ބަޔަކު ރާއްޖެއިން ބޭރުގައި: ކުރީގެ ޕީޖީ މުއިއްޒު

ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް އަހުމަދު މުއިއްޒު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންް އަބްދުލްގައްޔޫމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، “އެންމެ ބޮޑެތި ވަގުން ތިބީ ގޭގައި” ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ މެދުވެރިކޮށް ވ އާރަށް ކުއްޔަށްދީ އެކަމުން މަންފާ ހާސިލު ކުރެއްވި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި 6 މަސް ދުވަހުގެ ތެރޭގައި 5 މިލިއަން ޑޮލަރު ދެއްކުމަށް ހުކުމް ކުރުމާއިއެކު، ރައްޔިތުން ދަނީ ޝަރުއީ ނިޒާމުގެ އަދުލުވެރިކަމާއިމެދު ސުވާލު އުފައްދަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމުގެ އަސަރު ދިވެހި ރައްޔިތުނަށް އެކި ގޮތް ގޮތަށް ކޮށްފިކަމަށާއި އިންސާފަކީ އެއިރެއްގައި ވެރިކަމުގައި ތިބި ބަޔަކު މިނެކިރާ އެއްޗެއްކަމަށް ފާހަގަކޮށް އާންމު މީހަކު ކުރި ޓްވީޓެއް ޝެއަރކުރައްވާ ކުރީގެ ޕީޖީ މުއިއްޒު ވަނީ ނައިބު ރައީސް އަހުމަދު އަދީބު ގޭގައި ހުންނެވި ކަމަށް އިޝާރާތްކުރައްވާ އެންމެ ބޮޑެތި ވަގުން ތިބީ ގޭގައިކަމަށް އަދި ގައުމުން ބޭރުގައި ތިބި އެސްއޯއެފްގެ އިސްވެރިންނަށްވެސް އިޝާރާތްކުރައްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ތާވަލު ކުރީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ 9:00 ގައިކަމަށްވާއިރު، އެ މަރުހަލާ ފެށުނީ މެންދުރު 11:45 އާއި ގާތުންނެވެ. އިދިކޮޅުން ތުހުމަތުކޮށްފައިވާގޮތުން އެކަން އެގޮތަށް ދިމާވީ ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވާތީއެވެ. އަދި އޭގެ ކުރިން ލީކުވެގެންދިޔަ ލިޔެ ކިޔުމަކަށް އިޝާރާތްކޮށް ރައީސް ޔާމިންގެ މައްޗަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް ގާޒީ ޝަކީލަށް އަންގާފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 43%ހައިރާންވެއްޖެ 14%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: