ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ހުކުމް އިއްވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން: މާލެ ސިޓީ ކައުންސިލު

ރައީސް ޔާމީން އަދި ޑރ މުހައްމަދު މުއިއްޒު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވ އާރަށުގެ މައްސަލައިގައި ކޮށްފައިވާ ހުކުމަކީ، ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ރައީސް ޔާމީންގެ ކިބައިން ނިގުޅައިގަތުމަށް އިއްވާފައިވާ ހުކުމެއްކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ވ އާރަށުގަ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގް އަދި ރިޝްވަތު ގަބޫލު ކުރިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއާއިމެދު ކަންބޮޑުވުން ފާޅުކޮށް ސިޓީ ކައުންސިލުންވަނީ ބަޔާނެއް ނެރިފައެވެ.

ކައުންސިލުން ބުނެފައިވާގޮތުން، 2019 ވަނަ އަހަރުގައިވެސް ރައީސް ޔާމީންގެ މައްޗަށް ނުހައްގުން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އަދި އެ މަނިކުފާނު މިނިވަންވެވަޑައިގަތީ ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލު ކުރުމުންކަމަށް ބުނެފައިވެއެވެ.

ކައުންސިލުން ބުނެފައިވާގޮތުން، އާރަށުގެ މައްސަލައިގައި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އިއްވާފައިވާ ހުކުމާއިމެދު މާލެ ސިޓީ ކައުންސިލު އަދި ދިވެހި ރައްޔިތުންވެސް ނިހާޔަތަށް ކަންބޮޑުވެއެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުވާލުމުގެ ގޮތުން އިއްވާފައިވާ ހުކުމެއް ކަމަށާއި ރައީސް ޔާމީނަކީ މާލެ ސިޓީއަށް ގިނަ ތަރައްގީތަކެއް ގެނެސްދެއްވާފައިވާ އިހުތިރާމް ލިބިފައިވާ ރައީސްއެއް ކަމަށް ބުނެފައިވެއެވެ.

ސިޓީކައުންސިލުން ބުނެފައިވާގޮތުން، މި ހުކުމަކީ މާލެ ސިޓީ އަދި މުޅި ދިވެހި އުއްމަތަށް ލިބިގެންދިޔަ ނިކަމެތިކަމެކެވެ. އަދި ފަނޑިޔާރުންނަށް ނުފޫޒުފޯރުވައި ސިޔާސީ މަންފާއެއް ހޯދުން މި ހުކުމުގެ ފަހަތުގައިވާކަމަށާއި ފާސިގުންގެ ހެކިބަސް ނަގާފައިވާކަންވެސް އެނގެން އޮތުމުން އެ ހުކުމް އިންސާފުވެރި ނޫންކަމަށް ބުނެފައިވެއެވެ.

ކައުންސިލުން ބުނެފައިވާގޮތުން، މި ހުކުމާއިއެކު ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު ބޮއްސުންލާފައިވާ މިންވަރު ހާމަވެގެންދެއެވެ. އެހެންކަމުން އިންސާފު ހޯދައިދިނުމަށް ކަމާއި ގުޅޭ އެންމެހާ މުއައްސަސާތަކަށް އަޑު ހަރުކޮށް ގޮވާލާކަމަށްވެސް ކައުންސިލުން ނެރިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މަށް ދައުލަތުން އުފުލި ދައުވާތަކުގެ ޝަރީއަތް ކުރިޔަށް ގެންދެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލުއެވެ. އިދިކޮޅުން ތުހުމަތު ކުރާގޮތުން، ސަރުކާރުންވަނީ ނުފޫޒު ބޭނުންކޮށްގެން ވަކި ގޮތަކަށް ހުކުމް އިއްވުމަށް ގާޒީ ޝަކީލުއަށް އިރުޝާދުތަކެއް ދީފައެވެ. އަދި ތާވަލުކޮށްފައި އޮތް ދުވަހުގެ ކުރީ ދުވަހު ސޯޝަލް މީޑިއާގައި ހުކުމް ކަމަށް ބުނާ ލިއެކިޔުމެއް އާންމުވުމާއި ގުޅިގެން އިދިކޮޅުންވަނީ ޝަރީއަތުގެ އަދުލުވެރިކަމާއިމެދު ސުވާލު އުފައްދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: