ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ބޭނުން ވަނީ ރައީސްކަމެއް ނޫން، ބޮޑުވަޒީރެއްގެ މަގާމު: ރައީސް ސޯލިހު

ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދު ބޭނުން ވަނީ، ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމެއް ނޫންކަމަށާއި އެމަނިކުފާނު ބޭނުންފުޅު ވަނީ ބޮޑުވަޒީރެއްގެ މަގާމުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

2018 ގެ އެމްޑީޕީން އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި ޓިކެޓާއި ހަވާލުވެ ދެއްކެވި ވާހަކައިގައި ރައީސް ނަޝީދަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރާނެކަމަށާއި އެ ވިސްނުން ބަދަލު ނުވާނެކަމަށް ވިދާޅުވުމަށް ފަހު މިހާރު ވެރިކަން ބޭނުންވާ ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ނަޝީދު ބޭނުން ވަނީ ވެރިކަމެއް ނޫންކަމަށެވެ. އަދި އެމަނިކުފާނު ބޭނުން ވަނީ ގައުމުގެ ބޮޑުވަޒީރުކަންކަމަށާއި އެ ވަހަކަތައް ތަކުރާރުކޮށް އެކި ޕްލެޓްފޯމުތަކުގައި ވިދާޅުވެފައި ނޫންތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

ވަކި މީހަކު އެކަހެރި ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށާއި، އަދި އެއްވެސް މީހަކު ދުރަށް ޖައްސައި އިންތިހާބުގައި ވާދަ ކުރުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، 2024 ގެ މަޖިލީހުގެ އިންތިހާބަށް ފަހު އިންތިހާބުވާ މެމްބަރުންއިން ސަރުކާރު އެކުލަވާލުމަށް ރައީސް ނަޝީދު ބޭނުންފުޅު ވީ ނަމަވެސް އެއީ އެއަށް ވުރެ ފުޅާ މައުޟޫއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅެވެ އެވެ. އަދި ރައްޔިތުންގެ ބަހެއް ނެތި، ނިޒާމު ބަދަލު ނުކުރެވޭނެކަމާއި، އެ ހަރަދު ހިންގުމަށް ބޮޑު ބަޖެޓެއް ބޭނުންވާނެކަމަށް ފާހަގަކޮށް ރައީސް ސޯލިހު ވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަށް ދެކޮޅު ހައްދަވާފަ އެވެ.

ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް، ރާއްޖެއަށް އެ ނިޒާމު ގެނައުމަށް މަސައްކަތް ކުރައްވާ ރައީސް ނަޝީދު އެކަމާއި ބެހޭ ގަރާރެއް ނިމިދިޔަ އެމްޑީޕީގެ ކޮންގްރެސްއަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ހުށަހެޅުމެއް އެއްވެސް ތާއީދެއް ނެތުމާއި، ފާޑުކިއުންތަކާއި އެކު ރައީސް ނަޝީދު އެންމެ ފަހު ވަގުތު ގަރާރު އަނބުރާ ގެންދެވީ މަޝްވަރާ ކުރުމަށްކަމަށް ވިދާޅުވެ އެވެ. އޭގެ ފަހުން ސަރުކާރުގެ ހިންގުމުގެ ނިޒާމާއި ގުޅޭގޮތުންނާއި، ބަރުލަމާނީއާއި ގުޅޭ ގޮތުން ވާހަކަ ނުދައްކަވައި ހުންނެވުމަށް ފަހު ރައީސް ނަޝީދު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަމައި ބެހޭ ވާހަކަތައް ވަނީ ދައްކަވާފަ އެވެ.

ރައީސް ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގައި އޮތީ މަސްހުނިވެފައިވާ ނިޒާމެކެވެ. އޭގެ ސަބަބުން ރާއްޖޭގެ ގާނޫނު އަސާސީ ރަނގަޅަށް ތަންފީޒު ނުކުރެވޭކަމާއި، ވަޒީރުން ޖަވާބުދާރީ ކުރުވައި ކޮރަޕްޝަންތައް ހުއްޓުވުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ. އަދި އެމްޑީޕީއަކީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ބޭނުންވާ ޕާޓީއެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެގޮތަށް މަސައްކަތް ކުރެވޭނީ ހަމައެކަނި ބަރުލަމާނީއެއްގައި ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: