ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަކުން ބަޔާން ނެރޭއިރު، އެބޭފުޅުންގެ ވަޒީރުން ކެބިނެޓުގައި އެ ނިންމުމަށް އެއްބަސް ވޭ: ރައީސް

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ނިންމުންތަކާއި ގުޅިގެން ކޯލިޝަން ބައެއް ޕާޓީތަކުން ބަޔާންތައް އާއްމު ކުރައްވާއިރު ވަޒީރުންގެ މަޖިލީހުން ގޮތް ނިންމަނީ އެބޭފުޅުންގެ ވެސް ރުހުމާއި އެކުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޯލިޝަނުގެ މަޝްވަރާތައް ކުރިޔަށް ދަނީ، އެކި ކަންކަމުގައި އެކި ލެވެލްއަށްކަން ފާހަގަކޮށް ރައީސް ވިދާޅުވީ ބައެއް މައްސަލަތައް ހަމައެކަނި ފޯނު ކޯލެއް މެދުވެރިކޮށް ވެސް ނިންމާލެވޭ ކަމަށެވެ. އަދި ނިންމުންތައް ނިންމާއިރު، ލީޑާޝިޕާއި އެ ވާހަކަތައް ހިއްސަ ކުރައްވާކަމަށް ވިދާޅުވި އެވެ.

ކޯލިޝަން ޕާޓީތަކުގެ ބޭފުޅުން ކެބިނެޓުގައި ތިއްބަވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މުހިންމު ބޮޑު ސިޔާސަތެއް ވަޒީރުންގެ މަޖިލީހާއި ހަމައަށް ގެންގޮސްގެން ނޫންގޮތަކަށް ވަކި ގޮތެއް ކަނޑައަޅާފައި ނޯންނާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި ޓެކްސް ފާހަގަކޮށް ރައީސް ވިދާޅުވީ، އެ ނިޒާމާއި ގުޅޭ މަޝްވަރާތައް ވެސް ކުރިޔަށް ދިޔަ ކަމަށެވެ.

ސަރުކާރުގެ ނިންމުންތަކަށް ވަޒީރުންގެ މަޖިލީހުގައި ވަރަށް ބޮޑަށް މަޝްވަރާ ކުރެވޭކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވަޒީރުން ކެބިނެޓަށް ވަޑައިގަންނަވާނީ އެ ބޭފުޅަކު ނިސްބަތްވާ ޕާޓީއެއްގެ ލީޑާޝިޕާއި މަޝްވަރާ ކުރުމަށްފަހުކަމަށެވެ.

ރައީސް ވިދާޅުވީ ކެބިނެޓުގައި ހިޔާލުތަފާތުވާ ފަހަރުތައް ވެސް ދިމާވާކަމަށެވެ. އަދި ވަކި ގޮތަކަށް ސަރުކާރުން ގޮތްތަކެއް ނިންމުމާއި އެކު އެކަމާއި މެދު ކަންބޮޑުވެ ބަޔާން ނެރުއްވާއިރު ބައެއް ފަހަރުތަކުގައި ކެބިނެޓުގައި ސަރުކާރުގެ ނިންމުމަށް ތާއީދު ކުރުމަށް ފަހު އޭގެ ފަހުން ނިކުމެ ބަޔާންތައް ނެރޭ ފަހަރުތައް ވެސް ދިމާވަކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޯލިޝަންގެ ލީޑަރުން މަޝްވަރާ ކުރާކަމަށް ތަކުރާރުކޮށް، ރައީސް ވިދާޅުވީ އެ ވާހަކަ ދެކެވެނީ އެންމެނަށް ފެންނާނެހެން ހާމަގޮތެއްގައި ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: