ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދާއި ނަހުލާގެ ފޮޓޯތަކުގެ އަސްލާއިމެދު ރައީސް ސުވާލު އުފައްދަވައިފި

މިނިސްޓަރު އައިޝަތު ނަހުލާ އަދި މިނިސްޓަރު އަބްދުﷲ ޝާހިދުކަމަށް ތުހުމަތު ކުރެވޭ ފޮޓޯތައް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ އިޖުތިމާއީ މިންގަނޑާއި ހިލާފުވާ ފަދަ ފޯޓޯތަކުގެ ސައްހަކަން ކަށަވަރު ނުވާކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސިފަކުރައްވައިފިއެވެ.

6 މަސް ދުވަހަށްފަހު، ރައީސް ސާލިހުވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. ދާދި ފަހުން އާންމުވި ފޮޓޯތަކެއްގައި ތިއްބެވީ ރައީސް ސާލިހުގެ ކެބިނެޓު މިނިސްޓަރުންތަކެއް ކަމަށް ތުހުމަަތު ކުރެވިފައިވާތީ، އެކަމާއި ބޭހެ ގޮތުން، އެ ބޭފުޅުންނާއި ސުވާލު ކުރެއްވިންތޯ އެމަނިކުފާނު ގާތުގައި އެހުމުން ރައީސް ސާލިހުވަނީ އެ ފޮޓޯތަކުގެ އަސްލާއިމެދު ސުވާލު އުފައްދަވާފައެވެ.

އާންމުވެފައިވާ ފޮޓޯތަކުގެ ސައްހަކަމާއިމެދު ސުވާލު އުފައްދަވައި ރައީސް ސާލިހު ވިދާޅުވީ، ފުރަތަމަ ކަށަވަރު ކުރަންޖެހެނީ އެ ފޮޓޯތަކަކީ ސައްހަ ތަކެތިކަން ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިހާރު އެކި ޒާތުގެ ފޮޓޯތައް އާންމުވާކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެ ފޮޓޯތަކުގެ ސައްހަކަން ނުބަލާ ފިޔަވަޅު އެޅުމަކީ ކުރަންވާނެ ކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ފޮޓޯތަކެއްގެ ވާހަކަ ރައީސް ނަޝީދު ދެއްކެވި ކަމަށް ފާހަގަކޮށް ސުވާލު ކުރުމުން ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ އެފަދަ ފޮޓޯތަކެއް ނުހުންނާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ 100 އިންސައްތަ ޔަގީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އާންމުވެފައިވާ ފޮޓޯތަކާއިމެދު ރައީސް ސާލިހު ސުވާލު އުފެއްދެވި އިރު، ފޮޓޯތަކުގެ ހަގީގަތް ހޯދުމަށް ކުރި އެއްވެސް ސުވާލަކަށް މިނިސްޓަރު ނަހުލާ އަދި މިނިސްޓަރު ޝާހިދުވެސް ކޮމެންޓް ކުރައްވާފައިނުވެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 58%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: