ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022: އެންމެންގެ ސަމާލުކަން އަލަމްގިރިއަކަށް!

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށް ހުކުމް އިއްވި، އަލަމްގިރި/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގައި ހަޑިމުޑުދާރު އަމަލު ހިންގާ މަންޒަރު ފެންނަ ނާޒިމްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވީއިރު އޭނާއަކީ ގާނޫނީ ވަކީލެކެވެ. އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާގެ މައްސަލަގައި އެމަނިކުފާނުގެ ފަރާތުން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ނާޒިމަކީ އޭނާ ބޭނުން ކުރަމުން ދިޔަ ޓުވިޓާ އެކައުންޓު މެދުވެރިކޮށް ސިޔާސީ އެކި ފަރާތްތަކަށާއި، މަގާމުތަކުގައި ތިއްބަވާ ދައުލަތުގެ އިސް މީހުން އަދި ކޯޓުތަކަގެ ފަނޑިޔާރުންނާއި، ދައުލަތުގެ ވަކީލުން އަދި މަދަނީ މައްސަލަތަކުގެ ހަސްމުންގެ ވަކީލުންނާއި ވެސް ޒާތީ ގޮތުން ދިމާކޮށް ޓުވީޓު ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ސޯޝަލް މީޑިއާގައި ހަޑިހުތުރު ބަސްތައް ބޭނުންކޮށް، އެކި މީހުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާކަން ފާހަގަ ކުރެވެ އެވެ.

މިދިޔަ ޖޫން މަހުގެ 24 ގައި ނާޒިމްކަމަށް ބުނެ ވީޑިއޯއެއް އާއްމު ކުރުމުން ނާޒިމް ތަކުރާރުކޮށް ބުނަމުން ދިޔައީ މިއީ ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި އޭނާ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާތީ ބަޔަކު އޭނާއާއި ދެކޮޅަށް ހިންގި އަމަލެއް ކަމަށެވެ. ވީޑިއޯއަކީ އެޑިޓުކޮށްފައިވާ ވީޑިއޯއެއްކަމަށް ބުނެ ނާޒިމް ވަނީ، މިއީ އޭނާއާއި ދެކޮޅަށް ވާހަކަ ދައްކައި ޒާތީ ގޮތުން ދިމާ ކުރުމަށް ބަޔަކަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަމުން ދިޔަ މީހުންނަށް ވަކިވަކީން ރައްދު ދެއްވި އެވެ.

އޭގެ ފަހުން ކުއްލިއަކަށް އޭނާ ޓުވިޓާރ އެކައުންޓު ޑިއެކްޓިވޭޓު ކުރި އެވެ. އަދި އެރޭ ފިލައިގެން ރާއްޖެއިން ބޭރަށް ދާން އުޅޭކަމުގެ އަޑުތައް ފެތުރުނެވެ. މައްސަލަ ބަލަން ފަށައި ނާޒިމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު، ފުލުހަށް ހާޒިރު ކުރީ އޭގެ ފަހުންނެވެ. މައްސަލައިގެ ތަހުގީގާއި މެދު އެއްވެސް މައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން ދެކޮޅު ހަދަމުން ދަނިކޮށް އޭގެ ފަހުން ދެން އާއްމުވީ ނޮޅިވަރަން ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ ވީޑިއޯއެކެވެ.

މައްސަލައިގައި ފުލުސް އޮފިސަރާއި، އަލަމްގިރިގެ މައްޗަށް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ. ނާޒިމަށް ހުކުމް ކުރީ ގޭބަންދުގައި ހުރެ ހުކުމް ތަންފީޒު ކުރުމަށެވެ.

އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތައް ހިންގާ މީހުން ހައްޔަރު ކުރުމަށް ގޮވާލައި އާއްމުން އިހުތިޖާޖު ކުރަމުން ގެންދާތީ ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުން އެންމެ ފުރަތަމަ ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގުމަށް ފަހު އެ މީހުންގެ ވީޑިއޯތަކަށް ނަގައި، ފައިސާއަށް އެދި ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށެވެ. މިގޮތަށް 40 މީހަކަށް ބެލެކްމެއިލް ކުރާ މައްސަލައެއް މާޗު މަހު ހުށަހެޅުމުން ތަހުގީގު ކުރަމުން ދާކަމަށް މިދިޔަ މަހު ހާމަކުރުމުގެ ކުރިން ފުލުހުންނާއި ނޫސްވެރިން އެ ސުވާލު ކުރި އެވެ. ވީޑިއޯތަކެއް ނަގައި އެ މީހުންނަށް ބްލެކްމެއިލް ކުރި މައްސަލައެއް ތަހުގީގު ކުރަމުން ދޭތޯ 2022 މާޗު، 26 ގައި ނޫސްވެރިއަކު ކުރި ސުވާލަށް އޭގެ ޖެހިގެން އައި ދުވަހު ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގުމަށް ފަހު ވީޑިއޯތަކެއް ރިކޯޑުކޮށް އެ މީހުންނަށް ބްލެކްމެއިލް ކުރާ މައްސަލައެއް ފުލުހުން ބަލަމުން ދޭތޯ ނޫސްވެރިއަކު ކުރި ސުވާލެއް/ ފޮޓޯ: ފުލުހުންގެ މީޑިއާ ގުރޫޕްގެ ސްކްރީންޝޮޓެއް

ނާޒިމްގެ މައްސަލަ ފެންމަތިވެ، ނޫސްވެރިންގެ ސުވާލުތަކަށް ފުލުހުންގެ ތަރުޖަމާނި ޖޫން، 24 ގައި ފޮނުވި މެސެޖެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ފުލުހަށް ހުށަހެޅުމާއި ގުޅިގެން މީގެ ކުރިން އެ މައްސަލަ އައީ ތަހުގީގު ކުރަމުން ކަމަށެވެ. ސީދާ ތާރީހެއް ހާމަ ނުކުރި ނަމަވެސް މެސެޖުން ދޭހަވާ ގޮތުގައި ބެލެކްމެއިލްގެ މައްސަލައިގެ ތަހުގީގުތައް ފެށިތާ ވަނީ ގިނަ ދުވަސް ވެފަ އެވެ. އަދި ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއަކާއި ގުޅިގެން އެ ވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަތައް ތަހުގީގު ކުރަމުންދާކަމަށް ވިދާޅުވި އެވެ.

ތަރުޖަމާނުގެ މި މެސެޖާއި އެކު ނޫސްވެރިން ވަނީ، ފުލުހުން މީގެ ކުރިން ދޮގު މައުލޫމާތު ދިން ސަބަބާއި މެދު ސުވާލުކޮށްފަ އެވެ. އަދި މައްސަލައެއް ބަލަމުންދާކަން އެއްބަސްވީ ވީޑިއޯ ލީކުވުމުންކަން ފާހަގަ ކުރި އެވެ. ބައެއް ނޫސްވެރިން ވަނީ، ފުލުހުންނާއި ސުވާލު ކުރަނީ ގިނަ ފަހަރަށް އޭގެ މައުލޫމާތުތައް އެނގިތިބެގެންކަން ފާހަގަކޮށްފަ އެވެ. އަދި އެ ސުވާލެއް ކުރަނީ ހަބަރުގައި ފުލުހުންގެ ބަސް ހިމެނުމަށްކަމަށް ބުންޏެވެ.

ގިނަ އަދަދެއްގެ ބަޔަކަށް ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައެއް ތަހުގީގު ކުރަމުންދާކަން އެއްބަސްވެ ފުލުހުން މީޑިއާ ގުރޫޕަށް ފޮނުވި މެސެޖު/ ފޮޓޯ: ފުލުހުންގެ މީޑިއާ ވަޓްސްއަޕް ގުރޫޕުގެ ސްކްރީންޝޮޓެއް

އެއްޖިންސުން ގުޅުން ހިންގައި އެ މީހުންގެ ވީޑިއޯ ނެގުމަށް ފަހު ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައިގައި އަލަމްގިރިއަށް އިއްވާފައި ވަނީ 40 ދައުވާއަކަށް ދެ އަހަރުގެ ހުކުމަކާއި އިތުރު 09 މަސް ދުވަހުގެ ހުކުމެކެވެ.

ކޯޓު އަމުރެއްގެ ދަށުން އަލަމްގިރި ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައި ވެއެވެ. އޭގެ ފަހުން އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބުނު ގޮތުގައި އަލަމްގިރިއާއި އެކު ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި އަލަމްގިރިއާއި އެކު ގުޅުން ހިންގިކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައި ވަނީ 38 މީހެކެވެ. އަހަރު ނިމިގެން ދިޔައިރު، މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތަހުގީގު ދިޔަ ހިސާބެއްގެ މާބޮޑު މައުލޫމާތެއް ލިބިފައި ނުވެ އެވެ.

ހަމައެކަނި ފުލުހުން ބުނީ، ވީޑިއޯތައް ބޭނުންކޮށްގެން ބެލްކްމެއިލް ކުރުމުގައި އިސްކޮށް އުޅުނު ބަޔަކު ހައްޔަރަށް ގެނައިކަމަށެވެ. އެއްޖިންސުން ގުޅުން ހިންގި މަންޒަރުތައް ރިކޯޑުކޮށް ބްލެކްމައިލް ކުރި މައްސަލައިގައި އިތުރަށް ހައްޔަރު ކުރެވިފައިވާ މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ޙަމްދޫން ޢަބްދުﷲ (37 އަހަރު) އާއި ބ. ދަރަވަންދޫ، ހީމަ، މުޙައްމަދު މިހާދު މުޞްޠަފާ (24 އަހަރު) އަދި ށ. ފުނަދޫ، ސީސްޓަރ، މައުމޫން މޫސާ (41 އަހަރު) އެވެ.

ކޮއްކޮ ހައްޔަރު ކުރުމުން އެކަމާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި ވަޑައިގެން ހުންނެވި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ތުހުމަތުތައް ކުރައްވައި އެމަނިކުފާނަކީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ މައްސަލަތައް އޮއްބާލާ ވެރިއެއްކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން 2020 ވަނަ އަހަރު ކޮވިޑު-19 ގައި ފެންމަތި ވި ސަފާރީއެއްގައި އަންހެނެއް ރޭޕް ކުރި މައްސަލަ ނުވަތަ މަޝްހޫރު ”ރޯޔަލް ރޭޕް ކޭސް“ގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިމީހާ ޝާންގެ މައްސަލަ ނުބަލައި ދޫ ކުރީ ސީދާ ރައީސްގެ އެންނެގުމަށްކަމަށް ވިދާޅުވި އެވެ.

އެންމެ ބޮޑު ތުހުމަތަކަށް ކުރެއްވީ ރައީސް ސޯލިހު ކައިވެނިން ބޭރުން ޒިނޭކޮށް، ރާ ބުއިމާއި، އެ ނޫން ވެސް ހަރާމް ކަންތައް ކުރައްވާ ކަމަށެވެ. އެކަމަކު އެކަން ދޮގުކޮށް، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ޒުވާބު ކުރުމާއި، ޒާތީ އެތައް ވާހަކައެއްގެ ތެރެއިން ވެސް މިފަދަ ބޮޑު ތުހުމަތަކަށް އައި މިއީ ފުރަތަމަ ފަހަރެވެ. ނުވަތަ މީޑިއާތަކަށް އެނގިގެން ފުރަތަމަ ފަހަރެވެ. ނުފެތޭނެކަމަށް ބުނި އޮޑި، ފެތެން މި މައްސަލައިގައި ނެގީ މަދު ވަގުތުކޮޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: