ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 އެމްޑީޕީގެ ކޯޅުން، ޗެއާޕާސަން އިންތިހާބުން ފެށިގެން ބާރަށް ކުރިޔަށް!

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން، ރައީސް ނަޝީދު އަދި ރައީސް ސާލިހާއި، އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފަައްޔާޒް އިސްމާއިލްގެގެ އިތުރުން ދެން ވާދަ ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. މިއީ ދެ ރައީސުންގެ ދެމެދުގެ ވާދަވެރިކަމެކެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ވާދަކޮށް ފައްޔާޒް އިންތިހާބު ކާމިޔާބު ކުރީ 28،544 ވޯޓާއި އެކު އެވެ. އިންތިއަށް ލިބިވަޑައިގަތީ 20،872 ވޯޓެވެ. އެއީ އިންތިހާބުގައި ވޯޓުލާން ނިކުތް އަދަދުން ޖުމްލަ 42 އިންސައްތަ އެވެ.

ނުފޫޒާއި ބާރުގެ ބޭނުންކޮށް ފައްޔާޒް ކެމްޕެއިން ކުރާކަމުގެ ތުހުމަތުތަކެއްކޮށް، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިންތިގެ ޓީމުން ބުނަމުން އައީ ވޯޓު އިންސާފުވެރިއެއް ނުވާނެ ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާތައް އިތުރު ކުރުމާއި، އެ މީހަކު ތާއީދު ކުރާ ކެނޑިޑޭޓެއްގެ ސަބަބުން ވަޒީފާއިން ވަކި ކުރުން، ނުވަތަ ކުރިއެރުން ނުދީ ހިފެހެއްޓުން ފަދަ އެތައް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ފައްޔާޒް ވަނީ އެކަން ދޮގުކޮށް ބާރުގެ ބޭނުންކޮށް އޭނާ ހިންގި އަމަލެއް ދައްކައި ސާބިތު ކުރުމަށް ގޮވާލާފަ އެވެ.

އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ވަރަށް ބޮޑަށް ބައިބައިވެގެން ދިޔަ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ނުފޫޒާއި ބާރުގެ މައުޟޫއަށް ވަރަށް ބޮޑަށް ބަހުސްތައް ކުރެވުނެވެ. އަދި ވަޒީފާތަކަށް ނުފޫޒު ފޯރުވާކަމަށް ބުނެ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި އެކަމުގެ ބަހުސްތަކެއް ކުރިޔަށް ދިޔަ އެވެ.

ބޮޑު ކޯޅުން ފެނުނީ، ރިޔާސީ ޕްރައިމެރީއަށް!

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރުމުގެ ކެނޑިޑެސީ ފޯމުތައް ބަލައިގަނެ ނަމްބަރުތައް ވެސް ވަނީ ތަރުތީބުކޮށްފަ އެވެ. އަދި އާއްމުކޮށްފައިވާ ތާވަލުގެ ދަށުން، އިންތިހާބުގެ ވޯޓުލުން އޮންނަނީ އަންނަ ޖެނުއަރީ މަހުގެ 28 ގަ އެވެ.

މި އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދެން ވާދަ ކުރައްވަނީ، ވެރިކަމުގެ އިތުރު ދައުރަކަށް އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އެމަނިކުފާނު ވެސް ވަނީ ރަސްމީ މަސައްކަތް ފައްޓަވައި، ގައުމީ މަޖިލިސް މެމްބަރުންނާއި އެކު ބައްދަލުވުންތަކެއް ބާއްވާފަ އެވެ. ދެ ރައީސުންގެ ދެމެދުގައި މިވަގުތު ސިޔާސީ ގޮތުން، އެންމެ ބޮޑު ހިޔާލުތަފާތުވުން އުފެދިފައި ވަނީ ސަރުކާރު ހިންގުމުގައި ރައީސް ސޯލިހު އެމްޑީޕީގެ އަސާސްތަކާއި ހިލާފުވާކަމަށް ތުހުމަތު ކުރުމުގެ ސަބަބުން އައި ދެބަސްވުންތަކަށް ފަހު އެވެ.

2023، ބޮޑު މަންޒަރެއްގެ އަހަރު!

ސިޔާސީ ގޮތުން މި އަހަރު ބޮޑު މަންޒަރު ފެންނާނެކަމަށް ބެލެވެ އެވެ. އެއީ މިއަހަރު ރިޔާސީ އިންތިހާބު އޮންނާނެތީ އެވެ. ޕާޓީތަކުން މެމްބަރުން ބަދަލުވުމާއި، ކޯލިޝަންގެ ހަގީގީ ސިފަ ފެންނާނީ މި އަހަރެވެ. ޕާޓީތަކުގެ ލީޑާޝިޕްގެ ކޯޅުންތައް ވެސް މި އަހަރު ފެންނާނެކަން އެއީ ޔަގީން ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: