ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މާލީ ހާލަތާއިމެދު އައިއެމްއެފްއިން ކަންބޮޑުވުން ފާޅުކުރި، އެކުލަވާލި ރިޕޯޓުގެ ކޮޕީއެއް ބޭނުން: އީވާ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ފިނޭންސް މިނިސްތަރު އބްރާހީމް އަމީރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ މާލީ ޖަމިއްޔާ އައިއެމްފް އިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށްފަހު، ސަރުކާރާއި އެކު މަޝްވަރާކުރުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓުގެ ކޮޕީއެއް ލިބިވަޑައިގަންނަވާނެ ގޮތެއް ހަމަޖައްސަވައިދެއްވުމަށް މަޖިލީހުގެ ނައިބް ރައީސް ޢަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ކުރިއަރަމުން އަންނަކަމަށް އައިއެމްއެފްއިން ބުނެފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ދާދި ފަހުން ފާހަގަކުރައްވާފައެވެ. މިނިސްޓަރު އަމީރު މިފަދައިން ވިދާޅުވީ، އައިއެމްއެފްގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށްފަހު، ނެރިފައިވާ ޕްރެސް ރިލީޒަކަށް ހަވާލާދެއްވަމުންނެވެ.

އައިއެމްއެފްގެ ޕްރެސް ރިލީޒްގައި ކަންބޮޑުވުންތަކެއް ވެސް ހުރިކަމަށް ފާހަގަކުރައްވާ އިވާ ވަނީ ރިޕޯޓު ހޯއްދެވުމަށް މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ. އީވާގެ ސިޓީގައި ވާގޮތުގައި، އައިއެމްފްއިން ވަނީ ދިވެހިރާއްޖޭގެ ދަރަނީގެ އަދަދުތައް ކަންބޮޑުވާ އަދަދަކަށް އިތުރުވެފައިވާކަމަށް ބުނެފަ އެވެ.

އީވާ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގެމަތިން ބައްޓަންކޮށް މާލީ ސިޔާސަތުތައް ހަރުދަނާ ކުރުމަށް އައިއެމްއެފްއިން ގޮވާލާފައިވާ ކަމަށެވެ. އަދި އެކަން ބަޔާންކޮށްފައިވަނީ މިނިސްޓަރު އަމީރު ހަވާލާދެއްވި ޕްރެސް ރިލީޒްގައި ބަޔާންކޮށްފައިވާ ރިޕޯޓުގައިކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ރިޕޯޓަކީ 2020 ވަނަ އަހަރުގެ ކުރިން ވޭތުވެދިޔަ 10 އަހަރުވެސް ހާމަކުރަމުން އަންނަ ރިޕޯޓެކެވެ. އެހެންނަމަވެސް ރަސްމީގޮތުން ދިވެހިރާއްޖެއާއި ގުޅޭގޮތުން އެކުލަވާލާފައިވާ ރިޕޯޓެއްކަމަށްވުމުން، އެ ރިޕޯޓު އާންމު ކުރެވެނީ ރިޕޯޓުގައި ބަޔާންކޮށްފައިވާކަންކަން ރައްދުވާ ގައުމެއްގެ ސަރުކާރުގެ ހުއްދައާއި އެކުކަމަށެވެ. އެހެންކަމުން އެ ރިޕޯޓު ލިބިގެންދާނެ ގޮތެއް ހަމަޖައްސަވައިދެއްވުމަށް އީވާ އެދިވަޑައިގަތެވެ.

އައިއެމްފްއެގެ ޕްރެސް ރިލީޒްގައި ބުނެފައިވާގޮތުން، އިގްތިސާދީ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އެހެންނަމަވެސް މާލީ ހާލަތު ހީނަރުވެދާނެ ފުރުސަތުތައް ގިނަކަމަށް ބުންޏެވެ. އަދި ދަރަނީގެ އަދަދުތައް ހުރީ އިންތިހާއަށް މަތީގައިކަމަށާއި އެކަމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށްވެސް އައިއެމްއެފްއިން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: