ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމެރީގެ ވަގުތީ ލިސްޓުގައި ހިމެނޭ 459 މީހެއްގެ ނަން އުނިކޮށް ދާއިމީ ލިސްޓު އާއްމުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީޑު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމެރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާ އެތެރޭގެ ރިޔާސީ ޕްރައިމެރީއާއި އެކު ޕާޓީގެ އެތެރޭގައި ބޮޑެތި މައްސަލަތައް ވަނީ އުފެދިފަ އެވެ. އެގޮތުން، ކުރެވޭ އެންމެ ބޮޑު ތުހުމަތަކީ އިންތިހާބު ކާމިޔާބު ކުރުމުގެ ގޮތުން ރައީސް ސޯލިހު އިސްވެ ހުންނަވައި ޕާޓީގެ މެމްބާޝިޕަށް ބަދަލު ގެނެސް ގިނަ ބައެއްގެ ނަން އުނި ކުރިކަމަށް ކުރާ ތުހުމަތަވެ. ނަމަވެސް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން އެކަން ދޮގުކުރެ އެވެ.

އެމްޑީޕީން މިއަދު އާއްމު ކުރި ލިސްޓުގައި، ވަގުތީ ލިސްޓުގައި ނަން އޮތް 459 މީހެއްގެ ނަން ވަނީ އުނިކޮށްފަ އެވެ.

މި މަހުގެ 28 ބައި ބާއްވާ ޕްރައިމެރީގެ ވަގުތީ ލިސްޓު އެންމެ ފުރަތަމަ އާއްމު ކުރީ ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެއަށް ފަހު ޝަކުވާއަށް ހުޅުވާލި ފުރުސަތަށް ފަހު ދާއިމީ ލިސްޓު އާއްމު ކުރީ މިއަދު އެވެ.

އެމްޑީޕީގެ ރަސްމީ ވެބްސައިޓުގައި އާއްމުކޮށްފައިވާ ދާއިމީ ލިސްޓު ދައްކާ ގޮތުގައި، އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެން ވަނީ 57،255 މީހަކަށެވެ. ކުރިން އާއްމު ކުރި ވަގުތީ ލިސްޓުގައި 57،714 މީހެއްގެ ނަން އޮތެވެ. އެހެން ކަމުން ކުރިން އާއްމު ކުރި ލިސްޓުގައި ނަން އޮތް 459 މީހެއްގެ ނަން މިހާރު ވަނީ އުނިކޮށްފަ އެވެ.

އިންތިހާބުގެ މަސައްކަތްތަކާއި ބެހޭ ގޮތުން ޕާޓީގެ ގައުމީ މަޖިލީހުން އެކުލަވާލި އިލެކްޝަންސް ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވަމުން ގެންދާ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އާއްމު ކުރާ ދާއިމީ ލިސްޓުގައި ހިމެނޭނީ 18، ޑިސެމްބަރު 2022 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް އެކަނި ކަމަށެވެ.

ވަގުތީ ލިސްޓުގައި ނަން އޮތް، 400 އަށް ވުރެ ގިނަ މީހުންގެ ނަން ވޯޓާސް ލިސްޓުން އުނި ކުރުމަށް ކޮމިޓީން ނިންމީ ރައީސް ނަޝީދުގެ ފަރާތުން ލިބުނު ބައެއް ޝަކުވާތަކަށް ބެލުމަށް ފަހު އެވެ. އިބްރާހިމް ވަހީދު ވިދާޅުވީ ނަންތައް އުނި ކުރި މީހުންގެ ފޯމުތައް ހުރީ އިލެކްޝަންސް ކޮމިޝަނުގައި ޕްރޮސެސް ނުކުރެވި ކަމަށެވެ.

އިންތިހާބުތަކުގައި ވޯޓު ލެވޭނީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ނަން އޮވެގެންކަމަށް ގައުމީ މަޖިލީހުން އޮތީ ނިންމާފަ އެވެ. އެހެންކަމުން، ކޮމިޝަނުގެ ދަފްތަރުގައި ނަން ނެތ ވޯޓު ލުމުގެ ފުރުސަތު ނުދެވޭނެކަން އޭނާ ފާހަގަކުރި އެވެ.

މީގެއިތުރުން ވޯޓާސް ލިސްޓުގައި ނަން ނެތިގެން ވެސް ކޮމިޓީއަށް ގިނަ ޝަކުވާތަކެއް ލިބިފައި ވެއެވެ. އެ ތަފްސީލުތައް ހިއސާކޮށް އިބްރާހިމް ވަހީދު ވިދާޅުވީ ޝަކުވާގެ ސުންގަޑި ހަމަވީއިރު 900 ޝަކުވާ ލިބުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ޕާޓީއެއްގެ ދަފްތަރުގައި ނަން ނެތް 683 މީހުންނާއި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އެހެން ޕާޓީތަކުގައި ނަތް އޮތް 212 މީހަކާއި ގުޅޭ ޝަކުވާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: