ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮތް ނިންމަންވާނީ 2008، 2013 އަދި 2018ގައި ކަންހިނގައިދިޔަ ގޮތާއިމެދު ވިސްނުމަށްފަހު: ރައީސް

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ އާއިމެދު ގޮތް ނިންމަންވާނީ 2008، 2013 އަދި 2018ގައި ކަން ހިނގައިދިޔަ ގޮތުގެ މައްޗަށް ވިސްނުމަށްފަހުކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނެރޭ ކެނޑިޑޭޓަކީ އެ އިންތިހާބު ކާމިޔާބު ކުރުމުގެ ގާބިލުކަން ހުރި މީހަކަށް ވާންޖެހޭކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބިގެންދިޔައީ 25 އިންސައްތަ ވޯޓުކަމަށެވެ.،

އެމަނިކުފާނު ވިދާޅުވީ، އެ އަަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީ ކޯލިޝަނެއް ހަދައިގެންކަމަށެވެ. އަދި އެ ކޯލިޝަންގައި ސިޔާސީ އެހެނިހެން ފިކުރުތަކުގެ މީހުންވެސް ތިބިކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، އެހެންނަމަވެސް ދެ މަސް ހަމަނުވެ އެ ކޯލިޝަން ރޫޅިގެންދިޔަކަމަށެވެ. އަދި އޭރު ވި ވައުދުތައް އޮތީ އޮތް ތަނެއްގައިކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެއަށްފަހު އެމްޑީޕީއިން ކުރިމަތިލާންޖެހުނީ ހުރަހަކަށްފަހު ހުރަހަކާއިކަމަށެވެ. އަދި އެއަށް ފަހު ދައުރު ފުރިހަމަ ނުކޮށް މަގުމައްޗަށް ނުކުނަން ޖެހުނުކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިހަދު އެފަދަ ހާލަތެއް ކުރިމަތިވާން ބޭނުންވެވަޑައިނުގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ، 2013 ވަނަ އަހަރަކީ އެމްޑީޕީގެ އެންމެ ވަރުގަދަ އަހަރުކަމަށެވެ. އަދި 48 އިންސައްތަ ލިބުނުކަމަށާއި އެހެންނަމަވެސް ނާކާމިޔާބީ އާއި ކުރިމަތިލާންޖެހުނީ ބައިވެރިވާނެ ކޯލިޝަން ޕާޓްނަރެއް ނުލިބުމުގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެކަމާއި ވިސްނަންޖެހޭނެކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކޮން ޕާޓީއަކާއި ގުޅިގެންކަމާއިމެދު ވިސްނަންޖެހޭކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށެވެ. އަދި އިންތިހާބުތަކުން އެންމެ ގިނަ ވޯޓު ނަގާނީވެސް އެމްޑީޕީއިންކަމަށްވީނަމަވެސް ލިބިފައިވާ ތާއީދު އަމިއްލަ މަންފާއެއް ހާސިލު ކުރުމުގެ ގޮތުން ބޭނުންކޮށްގެން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި މައިނޯރިޓީ ރައްކާތެރި ކުރުން މުހިންމުކަމަށާއި ދޭންޖެހޭ ހިދުމަތްތަކާއި ކޮށްދޭންޖެހޭކަންކަންވެސް ކޮށްދޭންޖެހޭކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ އެމްޑީޕީގެ އިތުރުން މައިނޯރިޓީ ޕާޓީތަކަށް ނިސްބަތްވާ މީހުންގެ ބޭނުންތައްވެސް ފުއްދައިދެމުންކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: