ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ފިކުރުވެސް ބަދަލުވެއްޖެ، ކުޑަ ރަށަށް އަޅާ ނުލުމުގެ ފިކުރު ގަބޫލެއް ނުކުރަން: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ އަހަރުތަކެއް ކުރިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ފެނިގެންދާކަަމަށް ވިދާޅުވި ސިފަތަކުން ބައެއް މިހާރު އުނިވެފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދަށް އެނާ ތާއީދު ކުރެއްވައި ވާހަކަދެއްކެވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއި އެކު، ރޮޒައިނާ ވަނީ އޭރު އޭނާ ތާއީދު ކުރެއްވިއިރު، ރައީސް ނަޝީދުގެ ކިބައިން ރަނގަޅު ސިފަތަކެއް ފެނިގެންދިޔަނަމަވެސް މިހާރު އެ ސިފަތަކުން ބައެއް ސިފަތައް ނެތްކަމަށް ވިދާޅުވެފައެވެ.

އެނާ ވިދާޅުވީ، 2018 ވަނަ އަހަރު ރައީސް ނަޝީދުގެ ޕްރައިމަރީގެ ހަގީގަތަކީ މިއަދު ހަގީގަތެއް ނޫންކަމަށެވެ. އަދި އެމަނިކުފާނަށްވުރެ ފުރިހަމައަށް އެމްޑީޕީއަށް ވެރިކަން ކޮށްދެއްވަމުންދާ ރައީސްއެއް މިހާރު ހުންނެވިކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ރޮޒައިނާ ވިދާޅުވީ، ރައީސް ނަޝީދު ކުރިން ގެންގުޅުއްވި ވިސްނުން ބަދަލުވެފައިވާކަމަށެވެ. އަދި ރައީސް ނަޝީދު ގެންގުޅުއްވަނީ ކުޑަ އާބާދީއެއްގެ ރަށެއްގައި އުޅޭ މީހާ މީހާއަށް އަޅާނުލެއްމުގެ ފިކުރެއްކަމަށް ސިފަކުރައްވާ ރޮޒެއިނާ ވިދާޅުވީ، އެއީ އެނާ ގަބޫލުކުރައްވާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދަށް ވޯޓު ދިނުމާއި ދެކޮޅުކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، ދެ ފެކްޝަންގެ ލީޑަރުން ގޮތުގައި ތިއްބަވާ ރައީސް ނަޝީދު އަދި ރައީސް ސާލިހުވެސް ވަނީ އެކަކު އަނެކާއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. ރައީސް ނަޝީދު ވަނީ ރައީސް ސާލިހު ”ރިއެކްޓު“ ނުކުރައްވާކަމަށް ވިދާޅުވެފައިކަމަށްވާއިރު، ރައީސް ވަނީ އެ ފާޑުކިޔުމަށް ރައްދު ދެއްވައި، އެމަނިކުފާނު މިހާތަނަށް ހާސިލު ކުރެއްވި ހުރިހާ ކަމެއްވެސް ހާސިލު ކުރެއްވީ އެ ވިދާޅުވިހެން ”ރިއެކްޓު“ ނުކުރައްވާކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: