ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ޅ ކުރެންދޫ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ސާލިހު އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު މެންދުރު ޅ ކުރެންދޫ އަށް ވަޑައިގެން ރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ކެމްޕޭން ކުރިއަށް ދާ ގޮތް ވަނީ އޮޅުން ފިލުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަނީ ޢަބްދުލް ހަކީމް ބައިވެރިވެވަޑައިގަތެވެ.
ރައީސް ސާލިހުގެ މި ދަތުރުފުޅުގައި ޅ އަތޮޅުގެ މަޖިލިސް މެމްބަރުންގެ އިތުރުން ބައެއް ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެއެވެ.
ކުރެންދޫ ގެ އިތުރުން ޅ ނައިފަރު އަދި ރައީސް ސާލިހްގެ އުފަންރަށް ކަމަށްވާ ހިންނަވަރަށް ވަޑައިގަންނަވާނެއެވެ.

