ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ގައުމުގެ ދެމެދު އެއްބަސްވުންތަކެއް ގާއިމު ކުރުމަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ފުރަތަމަ ފަހަރަށް ރާއްޖެއަށް ކުރެއްވި މި ދަތުރުގައި އެނާއަށް މަރުހަބާ ވިދާޅުވާން އެއަރޕޯޓުން ބައްދަލުކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. ހުން ސެން އާއި އެކު ކެމްބޯޑިއާގެ އިތުރު އިސްވެރިންވެސް ރާއްޖެ ވަޑައިގަތެވެ.

ބޮޑުވަޒީރު ހުން ސެން އަދި އެނާ އާއި އެކު ރާއްޖެއަށް ޒިޔާރަތްކުރެއްވި ވަފުދަށް މަރުހަބާ ކިއުމުގެ ގޮތުން މާދަމާގެ ވަގުތެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުގެ ތެރެއިން އެނާ ރައީސް ސާލިހު އާއި ބައްދަލުކުރައްވާނެއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުން، މި ދަތުރުގެ ތެރެއިން ދެގައުމުގެ ސަރުކާރުގެ ދެމެދު ރަސްމީ މަޝްވަރާތަކެއް ކުރުމަށް ކަނޑައެޅިފައިވެއެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން އެކި ދާއިރާތަކަށް އަލި އަޅުވާލެވިގެން މަޝްވަރާތައް ކުރިއަށް ދާނެކަމަށްވާއިރު، ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން ބައެއް ދާއިރާތަކުގެ މައްޗަށް އެއްބަސްވުންތަކެއް ގާއިމު ކުރެވިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުން، މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު، ރައީސް ސާލިހު އަދި ކެމްބޯޑިއާގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވާނެއެވެ.

ކެމްބޯޑިއާގެ ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން މި ދަތުރުގެ ތެރެއިން ދެ ގައުމަށްވެސް ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. އެގޮތުން އިގްތިސާދާއި، އިންވެސްޓުމެންޓުގެ ފުރުސަތު އަދި ސިއްހީ ދާއިރާއާއި ދަނޑުވެރިން އަދި އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށާއި މި ކަމުގެ ސަބަބުން ދެ ގައުމަށްވެސް ފައިދާތަކެއް ވެގެންދާނެކަމަށް ބުނެފައިވެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު މި ދަތުރުގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިއަށްވެސް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއިން ބުނެފައިވާއިރު،  މި ދަތުރުގެ ތެރެއިން އެނާ ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، އުއްތަމަ ފަނޑިޔާރު މޫތަސިމް އަދުނާނު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއިވެސް ބައްދަލު ކުރެއްވުމަށް ކަނޑައަޅުއްވާފައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: