ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެރިދުއާއި، ނާވައިދޫގެ ބަނދަރު ތަރައްގީކޮށް މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް!

އެމްޓީސީސީ އާއި މަޝްރޫއު ހަވާލު ކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. ފެރިދޫ އާއި ހދ. ނައިވާދޫ ބަނދަރު މަރާމާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

ދެ ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ތަރައްގީގެ މި މަޝްރޫއުގައި، މިނިސްޓްރީގެ ފަރާތުން ޑިރެކްޓާރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއިކުރެއްވި އިރު އެމްޓީސީސީން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީއާ ފެރިދޫ ބަނދަރުގެ މަސައްކަތް ހަވާލު ކުރީ، އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 50 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 7،848 ކިއުބް މީޓަރުގެ ބަނދަރު ފުން ކުރުމާއި 23،579 ކިއުބް މީޓަރުގެ އާ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ އެވެ. އަދި 4،268 ކިއުބް މީޓަރުގެ ނެރު ފުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން މަޝްރޫއުގެ ދަށުން 147 މީޓަރުގެ ބްރޭކް ވޯޓާރ ޖެހުމާއި އެއްގަމު ތޮށިލުން އަދި ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާނެ އެވެ.

ކުންފުންޏާއި ހަވާލު ކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ، ނައިވާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 51 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި މަޝްރޫއުގެ ދަށުން ނައިވާދޫ ބަނދަރުން 15،319 ކިއުބް މީޓަރުގެ ފުން ކުރުމާއި، 15،319 ކިއުބް މީޓަރުގެ ނެރު ފުން ކުރުމުގެ އަދި އެއްގަމު ތޮށިލުމާއި ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ އެވެ.

އެމްޓީސީސީން ވަނީ، އެ ކުންފުންޏާއި މިއަދު ނ. ހޮޅުދޫ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވާކަން ވެސް ފާހަގަކޮށްފަ އެވެ. އެ މަޝްރޫއު ކުންފުންޏާއި ހަވާލު ކުރީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުއަށް ބަޖެޓުން ހޭދަ ކުރުމަށް ހަމަޖެހިފައި ވަނީ 46 މިލިއަން ރުފިޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: