ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެށި ހިމާޔަތްކުރަންކަމަށް ބުނެ، ބަޔަކު މީހުން އައްޑޫގެ ބިން ހިއްކުން ހުއްޓުވަން އުޅުނު: މަވޯޓާ

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާވެށި ހިމާޔަތްކުރުން އުޒުރަކަށް ހަދައިގެން އައްޑޫ ސިޓީގެ ބިން ހިއްކުން ހުއްޓުވުމަށް މަސައްކަތްކުރި މީހަކު ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންފި ނަމަ، އެ މަޝްރޫޢުތަކަށްވެގެންދާނެ ގޮތާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް މަަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުންދަނީ ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުންނެވެ. އައްޑޫއިން ގޯތިތަކެއް ދޫކުރުމަށް އިއުލާނު ކުރުމާއި ގުޅިގެން، ދަންވަރުގެ ވަގުތުތަކުގައި އެފަދަ މަސައްކަތްތައް ނުކުރުމަށް އެދިވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުވަނީ އިއުލާނު ކުރި ގޯތިތައް އަދިވެސް ތިބީ ކަނޑު އަޑީގައިކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ، އެމްޑީޕީގެ އެތެރެއިން އަދި ބޭރުންވެސް ތިމާވެށި ހިމާޔަތްކުރުން އުޒުރަކަށް ހަދައިގެން، އައްޑޫ ސިޓީގެ ބިން ހިއްކުން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. އަދި މަސައްކަތްތައް ފެށުން ލަސްވެގެންދިޔައީ އެ ސަބަބާއި ގުޅިގެންކަމަށް އެނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އައްޑޫގެ ބިން ހިއްކުމާއި ދެކޮޅަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންފި ހާލަތެއްގައި، ބިން ހިއްކުން ފަދަ މަޝްރޫޢުތަކަށް ވެގެންދާނެ ގޮތާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އަދި އެ މަޝްރޫޢު ހުއްޓުވަން ރައްޔިތުން ބޭނުން ނުވާކަމަށްވެސް އެނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ފަންޑު ހޯދައިގެން އައްޑޫގައި ފެށުމަށް ތައްޔާރުވެފައިވާ އެއްވެސް ތަރައްގީގެ މަޝްރޫޢުއެއް ހުއްޓުމަކަށް ގެނައުމަށް ރައްޔިތުން ބޭނުން ނުވާކަމަށެވެ. އަދި ބިން ހިއްކުމުން އެ ބިން ހެޔޮ ގޮތުގައި ބޭނުން ކުރުމަށްވެސް ރައްޔިތުން އެދެމުންދާކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ ކޮވިޑް19ގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތަކާއި އެކުވެސް ގިނަ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިކަމަށެވެ. އެހެންނަމަވެސް ގަމު އެއަޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު އަދި ބަނދަރު ތަރައްގީ ކުރުން ފަދަ ބޭރުގެ ފައިނޭންސް ހޯދައިގެން ވަކި އުސޫލެއްގެ ދަށުން ބައިނަލްއަގުވާމީ ބިޑު ޕްރޮސެސްއެއްގެ ތެރެއިން ހިންގަންޖެހޭ މަޝްރޫޢުތަކަށް ވަގުތު ނެގިކަމަށް އެނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ދަދިތަކެއް ކުރިމަތިވި ނަމަވެސް، އެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ވަނީ ހޯދިފައިކަމަށެވެ. އަދި އެކަން ކުރުމުގެ ޕްލޭނެއްވެސް އެކުލަވާލެވިފައިވާކަމަށާއި، ކޮންޓްރެކްޓަރެއް ހޯދިފައިވުމުން މަސައްކަތްތައް ފެއްޓުމަށް ތައްޔާރީތައް ވަމުންދާކަމަށް ވިދާޅުވިއެވެ. އެނާ ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރިއަށް ދާކަމަށެވެ.

އައްޑޫގައި ގޯތިތަކެއް ދޫކުރުމަށް އިއުލާނު ކުރުމާއި އެކު، ރައީސް ނަޝީދުވަނީ އިއުލާނު ކުރެވުނު ގަޑި ފާހަގަކުރައްވާ ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީ ޒަމާނުގައި ދަންވަރު ގަޑީ ކޯޓު ހުޅުވަައިގެން ހުކުމް ކުރުން ފަދަ އަމަލުތައް ހިންގިކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ގޯތި އިއުލާނު ކުރުމަކީވެސް އެފަދަ މަސައްކަތެއްކަމަށް ސިފަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެފަދަ އަމަލުތައް ދަންވަރުގެ ވަގުތުގައި ނުހިންގުމަށް އިލްތިމާޒް ކުރައްވާކަމަށެވެ. އަދި ދަންވަރުގެ އިއުލާނާއިއެކު، ކަޑަ ޖެހުމުގެ މަސައްކަތްތައް އާ މަރުހަލާއަކަށް ގޮސްފައިވާކަމަށް އެންމެންގެވެސް ހިތައް އަރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: