ލީޑަރަކު ހިޔާރު ކުރާއިރު ބަލަން ޖެހޭނީ ރައްޔިތުންނަށް އެންމެ ރަނގަޅު ސިޔާސަތު ތަކެއް ތަންފިޒު ކުރެވޭނެ ގޮތަކީ ކޮބައިތޯ ކަމަށް ކުރީގެ ރައީސް އަދީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޒުވާނުންނަށް ހައްސަކޮށްގެން ރޭ މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވއަނިޔާއާއި ހިޔާނާތަކީ އެމްޑީޕީގެ އެއްވެސް މެންބަރަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެވާހަކަ ދައްކާނަމަ ސަހަލު އެކަކުވެސް ނެތް ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ޒުވާނަކު ރައީސް ނަޝީދާއި ކުރީގެ ރައީސް ޔާމީން އޯކޭ ވީތޯ ސުވާލު ކުރުމުން ޖަވާބުގައި ވިދާޅުވީ އޭގައި ބަލަންވީ ރައީސް ޔާމީން ރަނގަޅުތޯ ނުވަތަ ނޫންތޯ ނޫން ކަމަށެވެ.
ޕީޕީއެމްގެ ސިޔާސަތުތަކާއި އެމްޑީޕީގެ ސިޔާސަތުތަކާ އެއް ގޮތް އެއްވެސް ކަމެއް އޮތްތޯ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގައި ބަލަންވީ ސިޔާސަތުތައް، ސްޓޫޑަންޓް ލޯނާ ގުޅޭ ގޮތުން ޕީޕީއެމްގެ ސިޔާސަތުތައް ބަލަންވީ، އެމްޑީޕީއާ ކިހާ ގުޅުމެއް އޮތްތޯ، ދެން ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ އަދާލަތު ޕާޓީގައި އަހައިފިއްޔާ ޔަގީން ސްޓޫޑަންޓް ލޯނަށް ސިޔާސަތެއް ނޯންނާނެ ކަން
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހިއްސާ އޮތްކަމަށް ބުނާ މިހާރުގެ ސަރުކާރުގައި ވެސް އިންތިހާއަށް ކޮރަޕްޝަން އެބަ އޮތް ކަމަށެވެ.
ރައީސް ޔާމީން އޯކޭތޯ ނުވަތަ ނޫންތޯ އެއްނޫން ސުވާލަކީ. ޕޮލިސީއެއްގެ ގޮތުގައި އޯކޭތޯ. މިހެން އަޅުގަނޑު ބެލީމާ އަޅުގަނޑުމެންގެ މިހާރު މި ހިނގާ އެމްޑީޕީ ބައިވެރިވާ ކަމަށް ބުނާ އެމްޑީޕީ ސަރުކާރުގެ އިންތިހާއަށް ކޮރަޕްޝަން އެބަހުރި. އެއްގޮތަކަށްވެސް ތަހުގީގު ނުކުރެވި.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީނަށް އެކަނި ހުކުމް ކުރި އިރު، އެ މައްސަލައިގައި ދެން ޝާމިލްވާ ކަމަށް ބުނާ 270 މީހުންނާއި ފައިސާއަށް ވީ ނުވީއެއްވެސް ނޭނގުނެވެ.
270 މީހުންނަކީ ކޮބައިކަމެއް ނޭނގުނު އެ ފައިސާއަށް ވީގޮތެއްވެސް ނޭނގުނު. އެހެންވީމަ އަޅުގަނޑު މި އިންނަނީ މިހާރު ވަރަށް ބޮޑަށް އުނދަގޫވެފަ، އެއްވެސް މީހަކާ ދިމާލަށް މިހެންނޭ އެހެންނޭ ބުނަން
މި ސަރުކާރުން އިއްތިހާދު ވެގެންތިބީ ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވުމުއްޔާއި އެމަނިކުފާނުގެ ހަޔާތުގައި އަނިޔާވެރިވެފައިވާ މީހުންކަން ދޭހަވާފަދަ މޭރުމަކުން ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ވިސްނާލައްވާ އަޅުގަނޑުގެ ލޭޓް 20، 30ގެ އަހަރުތައް ދިޔައީ އެކީގަ ދިޔައީ ގޮޅީގަ. ޗޭނު ޖަހާފަ ބިޑި އަޅުވާފަ، ގޮޅިއަށް ލާފަ. ދެން އޯކޭ އެކަން. ހަމަ ރައީސް މައުމޫން އޯކޭ. ދެން ހުރީ ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީ، ދެން މިވާހަކަ ދައްކައިފިއްޔާ ހަމަ ހައްތަހާ ބަސް ގިނަވާނީ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިއަދުގެ ސަރުކާރުން ރައީސް މައުމޫނާއެކުގައި އިއްތިހާދު ވެގެން ތިބީ ރައީސް މައުމޫނު އޯކޭވީމަ ކަމަށެވެ.
އަޅުގަނޑުމެން މިހާރު އިއްތިހާދުވެގެން މި ތިބީ ރައީސް މައުމޫނާ އެކު، ރައީސް މައުމޫން އޯކޭ ވެގެން، އެމްޑީޕީގެ މުޅި ހަޔާތް ފުރަތަމަ ދިޔައީ ރައީސް މައުމޫންގެ ވެރިކަން ނިންމުމަށް
އެމްޑީޕީ އިން ރައީސް ނަޝީދު އިސްވެ ހުންނަވައި އޭރު އޮތް ރައީސް މައުމޫނުގެ ވެރިކަމުގައި ކުރެވުނު މުޒާހަރާތަކާއި ހިންގުނު އެކި ހަރަކާތްތަކުގައި އެމަނިކުފާހު އެތައް ފަހަރު ޖަލަށްލިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

