ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވާދަވެރިންނަށް: ވާދަވެރިކަން ނިމިއްޖެ، ދެންވީ އެކަތިގަނޑެއްގެ ގޮތުގައި ނުކުންނަން!

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްަމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ކުރިއަށް ގެންދިއުމަށް ކުރައްވަމުންދާ މަސައްކަތުގައި އެންމެހާ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު، ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވި މަސައްކަތްތައް އިހުލާސްތެރިކަމާއިއެކު ފާހަގަކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެންމެހާ ބޭފުޅުންގެވެސް އޮތް ހަމައެކަނި މަގުސަދަކީ އެމްޑީޕީއާއިއެކު ކުރިއަށްދިއުންކަމަށެވެ. އަދި ނިމިދިޔަ ޕްރައިމަރީގައި އެމްޑީޕީއިން ދައްކާފައިވަނީ ޑިމޮކްރެސީގެ ފުރިހަމަ ނަމޫނާއެއް ކަމާއިމެދު ޝައްކެއްވެސް ނެތްކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި ވާދަވެރި ސިޔާސީ ހަރަކާތްތައް ފެށި ޕާޓީކަމަށެވެ. އަދި ޕާޓީގެ މެމްބަރުންނަކީ އެތެރޭގެ އިންތިހާބުތައްވެސް ވާދަވެރިކަމާއިއެކު ކުރިއަށް ގެންގޮސް، ނަތީޖާ ނެރި، އެ ނަތީޖާ ގަބޫލުކޮށް އަނެއްކާވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށް ކަނޑައަޅައިގެން ތިބި ބައެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރޭގައި ވޯޓު ލެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބައެއް ފަހަރު ކުދި ނުރަނގަޅުކަންކަން ހިނގާދިޔަނަމަވެސް މި ހަރަކާތުގެ ތެރެއިން ވާދަވެރިން ދައްކާފައިވާ ނަމޫނާ ފާހަގަކުރައްވާ އެމަނިކުފާނުގެ ވާދަވެރިންނަށްވެސް ޝުކުރު އަދާކުރައްވާކަމަށެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީގެ މަސައްކަތްތައް އަދި ފެށިގެންދިޔައީކަމަށެވެ. އަދި ދެން ކުރަން އޮތް މަސައްކަތަކީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުންކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވާދަވެރިކަން ނިމުކަށް އައިސްފައިވާކަން ވާދަވެރިންނަށް އަންގާކަމަށެވެ. އަދި އެކަތިގަނޑެގެ ގޮތުގައި ނުކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމުގެ މަސައްކަތްތައް ފަށަން ވަގުތު ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ވާދަވެރި އިންތިހާބެއްގެ ތެރެއިން ކަންކަން ހިނގާނެކަމަށެވެ. އަދި ފެންނަން ބޭނުން ނެތް ބައެއް ކަންކަންވެސް ފެނިގެންދާނެކަމަށާއި އެެހެންނަމަވެސް އެކަންކަމާއި ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ހުރަސްތަކެއް ނެތްކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީ ކުރިއަށް ގެންދިއުމަށް ކުރައްވާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: