ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި!

ޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްަމަދު ސާލިހު/ ފޮޓޯ: ޝަރުހާން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފިއެވެ.

ޕާޓީއިން ނެރިފައިވާ ވަގުތީ ނަތީޖާ ޝީޓުން ދައްކާގޮތުން، އެ ޕާޓީގެ ދެ ރައީސުން ކުރިމަތިލާފައިވާ ޕްރައިމަރީގައި ވޯޓު ލާފައިވަނީ ޖުމުލަކޮށް 40،887 މީހުންނެވެ. މިއީ ވޯޓުލެވޭ މީހުންގެ 71.41 އިންސައްތަކަމަށްވާއިރު، މި ޕްރައިމަރީގައި 680 ބާތިލު ވޯޓު އަޅާފައިވެއެވެ. ޖުމުލަ ސައްހަ ވޯޓުގެ އަދަދަކީ 40،207 ވޯޓެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 57،255 މީހުންނަށްކަމަށްވެސް ބުނެފައިވެއެވެ.

ޕާޓީއިން ނެރިފައިވާ ތަފާސް ހިސާބުން ދައްކާގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މި އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ 61.10 އިންސައްތަ ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައީސް ސާލިހާއި ވާދަކުރެއްވި އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވަނީ 38.90 އިންސައްތަ ނުވަތަ 15،641 ވޯޓުކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ޕްރައިމަރީގައި ލިބިވަޑައިގަތް ކާމިޔާބީ އާއިއެކު ރައީސް ސާލިހުވަނީ އެމަނިކުފާނަށް ތާއީދު ކުރެއްވި މެމްބަރުން އަދި ވާދަކުރެއްވި މެމްބަރުންނަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ. ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މިހާރު ޕްރައިމަރީގެ ވާދަވެރިކަންވަނީ ނިމުމަކަށް އައިސްފައިކަމަށެވެ. އެމަނިކުފާނުވަނީ ވަނީ، ވާދަވެރިންނަށްވެސް އެމްޑީޕީއާއިއެކު ކުރިއަށް ދިއުމަށް ދައުވަތު އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: