ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު އަނެއްކާވެސް ދަށަށް!

ހުޅުމާލޭ އާ އެއާޕޯޓް ސަރަހައްދު އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން އުފެދިފައިވާ ހޭޒް ނުވަތަ ފުސްކަމުން ގެއްލިފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދުވަސްވަރު ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ބޮޑުތަނުން ދަށްވެފައިވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާއްމުކޮށް އުތުރުން ވައިޖެހެމުން ދާއިރު މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކުގައި ވައި ނުސަފުވެ ދުރުމިން ފެންނަ މިންވަރު ދަށްވެފައިވާކަމަށެވެ. އެގޮތުން އާއްމު ގޮތެއްގައި 10 ކިލޯ މީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް ހާއްސަކޮށް މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު އެވްރެޖު ގޮތެއްގައި 04 ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށެވެ.

ދުރު ފެންނަ ނިސްބަތް ދަށްވުމުގައި އާއްމުކޮށް ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިންމު ރޯލެއް އަދާކުރާކަން ފާހަގަކޮށް މެޓް އޮފީހުން ބުނެފައި ވަނީ އިރުވައި މޫސުން ފެށޭ ހިސާޞު ޑިސެމްބަރު މަހުން ފެށިގެން މާޗު މަހާއި ހަމައަށް ވައި ނުސާފުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެގޮތަށް ދިމާވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވާ ދުވަސްވަރު ހިމާލަޔަން ސަރަހައްދާއި ދިމާލުން ހިރަފުސްތައް ވަޔާއި އެކު ރާއްޖެއާއި ހަމައަށް ފޯރާތީކަމަށް މެޓް އޮފީހުން ބުންޏެވެ.

އިރުވައި މޫސުމުގެ ގިނަ ދުވަސްތަކެއްގައި އާއްމުކޮށް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށް ވެގެންދާކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި އެވަގުތެއްގެ ވައިގެ ސާފު މިންވަރު ނުވަތަ “އެއާ ކޮލިޓީ އިންޑެކްސް” އައިކިއު އެއާގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން “އެއާ ވިޝުއަލް” މެދުވެރިކޮށް ބަލާލެވޭނެކަމަށް ވެސް ފާހަގަ ކުރި އެވެ.

އިރުވައި މޫސުމުގެ އުތުރު ހަޅައިގެ ވަޔާއި އެކު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެއަށް ފޯރުވުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގެ ވައި ނުސަފުވެ ދުރު ގެންނަ މިންވަރު މިދިޔަ އަހަރުގެ ފަހުކޮޅު 60 އިންސައްތައަށް ދަށްވި އެވެ.

މި މޫސުމުގެ މުއްދަތުގައި އައްމުކޮށް ޑިސެމްބަރު މަހުން، ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ސަރަހައްދުގެ ވައި ނުސާފުވުން އާއްމެވެ.

ހޭޒްގެ ސަބަބުން، ލޮލަށް ފެންނަ މިންވަރު ދަށްވެ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ލަފާދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: