ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅު ބިން ހިއްކަން، ދެ ބިލިއަން ރުފިޔާއަށް!

ގުޅީފަޅު ބިން ހިއްކަން، ދެ ބިލިއަން ރުފިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް، ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއި ހަވާލުކޮށްފި އެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 130.5 މިލިއަން ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 2.01 ބިލިއަން ރުފިޔާއަށެވެ.

ބައިނަލްއަގުވާމީ ބަނދަރު ހެދުމަށް ހާއްސަކޮށްފައިވާ މި މަޝްރޫއުއާއި އެކު މާލޭގެ އުތުރުގައި މިހާރު ހިންގަމުން އަންނަ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރެވޭނެ އެވެ. މިއީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ބޮސްކާލިސް އާއި ހަވާލުކޮށް 192 ހެކްޓަރުގެ ބިން ހިއްކިއިރު އެ މަސައްކަތުގެ ބައެއް އެމްޓީސީސީ އާއި ހަވާލުކޮށްގެން ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތަށް އޭކޭއޭ ޔޫރަޕިއަން އެސްޕޯޓު ޓްރޭޑް ބޭންކާއި އައިއެންޖީ ބެންކު އަދި އޭބީއެން އޭއެމްއާރުއޯ ބޭންކުގެ އެހީއާއި އެކު 1.6 ބިލިއަން ރުފިޔާގެ ލޯނެއް ވަނީ ނަގާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: