ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު ރަށެއްގައި ފްލޯޓިން ސްވިމިން ޕޫލް އަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު އަތޮޅެއްގެ ހަތަރު ރަށެއްގައި ފްލޯޓިންގ ސްވިމިންގ ޕްލެޓްފޯމް ގާއިމުކުރުމަށް ޔޫތު މިނިސްޓްރީ އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިމަޝްރޫއުގެ ދަށުން ހއ.ހޯރަފުއްޓާއި، ހދ.ހަނިމާދޫއާއި ގއ.ވިލިނގިއްޔާއި އައްޑޫ ސިޓީ މަރަދޫފޭދޫގައި ފްލޯޓިން ސްވިމިން ޕްލެޓްފޯމް ގާއިމުކުރެވޭނެއެވެ. މިމަސައްކަތް ސުމިން އެސޯސިއޭޝަނާއި ޙަވާލުކޮށްފައިވަނީ މިމަސައްކަތުގެ ފައިސާ އެސޯސިއޭޝަނަށް ލިބޭ ދުވަހުން ފެށިގެން 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހއ.ހޯރަފުއްޓާއި ހދ. ހަނިމާދޫ ފްލޯޓިންގ ސުވިމިންގ ޕްލެޓްފޯމް ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެއް މިލިއަން ތިރީސް ދެހާހަށްވުރެ ގިނަ ރުފިޔާއަށެވެ.

ގއ.ވިލިނގިލީ މަޝްރޫޢު އެއް މިލިއަން ސާޅީސް ހަތްހާހަށްވުރެ ގިނަ ރުފިޔާއަށެވެ. އަދި އައްޑޫ ސިޓީ މަރަދޫ މަޝްރޫއު ހަވާލުކޮށްފައިވަނީ އެއް މިލިއަން ހަތްދިހަ ދެހާހަށްވުރެ ގިނަ ރުފިޔާއަށެވެ.

ޔޫތު މިނިސްޓްރީ އާއި ސްވިމިންގ އެސޯސިއޭޝަނާއި ގުޅިގެން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްވިމިންގ ޕްލެޓްފޯރމްތައް ގާއިމްކޮށްފައިވާ އަދި، މިހާރުވެސް ކުރަމުންދާ ރަށްރަށަށް އަމާޒުކޮށްގެން ބީއެމްއެލްގެ އެހީތެރިކަމާއިއެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފެއްޓުމަށް ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން ސްވިމިންގ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: