ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގާމްތަކުގައި ތިބޭ ބޭފުޅުން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅުނަމަ ފިޔަވަޅު އަޅާނަން: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމާ ދެކޮޅުހަދާނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައިތިބޭ ބޭފުޅުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމަށް ރުހިގެންތިބޭ ބައެއް ކަމަށެވެ.

ސަރުކާރުގެ ސިޔާސަތު ތަންފީޒް ކުރުމާ ދެކޮޅު ހައްދަވާ ބޭފުޅުން ތިއްބަވާކަމަށް ވާނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނުވަތަ ބަލަންޖެހޭ ކަމެއް ބަލާނެ

ސަރުކާރުގެ ސިޔާސަތުތައް ގަބޫލު ނުކުރާ އަދި ސިޔާސަތުތައް ތަންފީޒް ކުރުމަށް ދެކޮޅު ހަދާނެ އެއްވެސް ބޭފުޅަކު ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. އަދި ހިޔާލު ފާޅުކުރުމާއި އެބޭފުޅެއްގެ ފިކުރު ފާޅުކުރުމަކީ ސަރުކާރު މުވައްޒަފުންނާއި އެހެން ބޭފުޅުންނަށްވެސް ލިބިގެންވާ މިނިވަންކަމެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

ސިޔާސީ މަގާމްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އުފުލުމުގައި އެމަނިކުފާނަށް އެހީތެރިވުމަށް އުފައްދަވާ މަގާމްތަކެއް ކަމަށްވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.

މިސަރުކާރު ވެރިކަމަށް އައިފަހުން ގިނަ އަދަދެއްގެ ސިޔާސީ މަގާމްތަކެއް އުފައްދާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެކަމަށް އިދިކޮޅުގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.

މިސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބޭ މީހުން ކުރާނެ އެއްވެސް މަސައްކަތެއް ނޯންނަ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެކަމުގެ ރައްދުގައި މިއުވާން މީގެ ކުރިން ވިދާޅުވެފައިވަނީ ސިޔާސީ މަގާމަށް ބޭފުޅުން އައްޔަންކުރަނީ އެބޭފުޅަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތާއި ޒިންމާތަކާ އެކުގައި ކަމަށާއި މިސަރުކާރުގެ އެއްވެސް ސިޔާސީ މަގާމެއްގައި ޒިންމާ އަދާނުކުރާ ބޭފުޅެއް ނުހުންނަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: