ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަގިރި ޕިކްނިކް އައިލެންޑްގެ އެޕް ލޯންޗްކޮށްފި

ކުޑަގިރި / ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަގިރި ޕިކްނިކް އައިލެންޑަށް ހާއްސަ އެޕްލިކޭޝަން އެއް ތައާރަފްކޮށްފި އެވެ.

މިއަދު ލޯންޗްކުރި އެޕްލިކޭޝަން މެދުވެރިކޮށް ކުޑަގިރި ޕިކްނިކް އައިލެންޑްގެ އެންމެ ފަހުގެ މައުލޫމާތުތައް ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

މި އެޕް އާއްމުކޮށް ހުޅުވާލި ނަމަވެސް ކުޑަގިރީގެ ބުކިންގ އަށް އަދި ހުޅުވާލާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އެޗްޑީސީ އިން ކުޑަގިރީގެ ހިދުމަތްތައް ވީހާވެސް ލުއި ފަސޭހަ ގޮތަކަަށް ދިނުމަށް ހުޅުވާލި މޯބައިލް އެޕްލިކޭޝަން (ކުޑަގިރި ޕިކްނިކް އައިލެންޑް) ގޫގްލް ޕްލޭ ސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީ ކުރުމުން ކުޑަގިރިއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ނޮޓިފިކޭޝަން އޮންލޮށްލެވޭނެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީ ކުރަމުންދަނީ އާއްމު ފަރާތްތަކުން ބޭނުންކުރުމަށް ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. މީގެ ތެރޭގައި ޑޭޔޫސްގެ ގޮތުގައި 12 ކޮޓަރި އާއި އާއްމުން ބޭނުން ކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި މިނީ ފުޓްބޯޅަ އާއި ވޮލީ އަދި ބާސްކެޓް ކޯޓްތަކާއި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް އެ ރަށުގައި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: