ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮޓޯ ސްޓޯރީ: “ކުޑަގިރި” މާލޭގައި ދިރިއުޅޭ މީޙުންނަށް ދަތުރު ދިއުމަށް ހާއްސަކޮށް ތަރައްގީ ކުރި ރަށެއް

ކުޑަގިރި ޕިކްނިކް އައިލެންޑް މާލޭގައި ދިރިއުޅޭ މީޙުންނަށް ދަތުރު ދިއުމަށް ހާއްސަ ކޮށްގެން ރައީސް ސާލިޙްގެ ސަރުކާރުން ތަރައްގީ ކުރި ރަށެއް: ފޮޓޯ މުހައްމަދު އހުޒަމް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟
ކުޑަގިރި ޕިކްނިކް އައިލެންޑުގެ ރިސެޕްޝަން އޭރިއާ: ކުޑަގިރީގައި ހިދުމަތް ދީ ކަންކަން ބަލަހައްޓަން ތިބޭނީ އެޗްޑީސީގެ މުވައްޒަފުން: ފޮޓޯ ނުހައްމަދު އަހުޒަމް އަހުމަދު
ކުޑަގިރި ތަރައްގީ ކޮށްފައި ވަނީ އެތަނުން ގިނަ ހިދުމަތްތަކެއް ލިބޭނެ ގޮތަށް. އެގޮތުން ނަމާދު ކުރެވޭ ގޮތަށް މިސްކިތެއް ވެސް އެތަނުގައި އިމާރާތް ކޮށްފައިވޭ: ފޮޓޯ މުހައްމަދު އަހުޒަމް އަހުމަދު ސަންގުޓީވީ
ރަށުގައި ކެފޭ އަކާއި ފިހާރައެއްވެސް ހުޅުވާފައިވާއިރު، ކުޑަގިރިއަށް އަންނަ ދަތުރުވެރިންނަށް ހާއްސަކޮށް ރަށުގައި ވަނީ ކަރަންޓް ލިބޭނެ ގޮތަށް 17 ހަޓް ގާއިމްކޮށްފައިއެވެ.: ފޮޓޯ މުހައްމަދު އަހުޒަމް އަހުމަދު
ކުޑަގިރީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ ޕާކް. މި ރަށުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އިސްރަށްވެހިންނަށް ލުއި ގޮތްތަކެއް ހަމަޖއްސާފައިވޭ: ފޮޓޯ މުހައްމަދު އަހުޒަމް އަހުމަދު
މޫދު ކުޅިވަރުތަކަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، ޖެޓްސްކީގެ ހިދުމަތްވެސް ލިބެން ހުރެއެވެ. އަދި މި ހިދުމަތްތައް ދިނުމުގައި މިކަމުގެ ތަޖުރިބާ ހުރި ފަރާތްތަކުން ހަރަކާތްތެރިވޭ: ފޮޓޯ މުހައްމަދު އަހުޒަމް އަހުމަދު
ހަޓްތައް ގާއިމްކޮށްފައިވަނީ މޫދާއި ކައިރިންނެވެ. އެހެންކަމުން ހަޓްތަކުގައި ތިބޭ ފަރާތްތަކަށް މާ ދުރަށް ނުގޮސް މޫދަށް އެރެވޭނެހެން ރަށުގެ ކަންކަން އިންތިޒާމްކޮށްފައިވާއިރު، އެ ސަރަހައްދުގައި ކުޅިވަރުކުޅުމަށް ވަކި ތަނެއް ހާއްސަކޮށްފައިވެއެވެ. އެތަނުގައި ވޮލީބޯލްފަދަ ކުޅިވަރުތައް ކުޅެވޭނެހެން ނެޓްވެސް ވަނީ ޖަހާފައެވެ.: ފޮޓޯ މުހައްމަދު އަހުޒަމް އަހުމަދު
މޫދު ކުޅިވަރުތަކަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، ޖެޓްސްކީގެ ހިދުމަތްވެސް ލިބެން ހުރެއެވެ. އަދި މި ހިދުމަތްތައް ދިނުމުގައި މިކަމުގެ ތަޖުރިބާ ހުރި ފަރާތްތަކުން ހަރަކާތްތެރިވެއެވެ.: ފޮޓޯ މުހައްމަދު އަހުޒަމް އަހުމަދު
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: