ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އަމަލުތައް ފޮރުވުމަށް ދައުލަތުގެ ފައިސާއިން މީޑިއާތަކަށް ނުފޫޒު ފޯރުވާ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ހިންގާ އެކި އަމަލުތައް ފޮރުވުމުގެ ގޮތުން، މީޑިއާތަކުގެ މައްޗަށް ނުފޫޒު ފޯރުވައި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ހޭދަ ކުރަމުންދާކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އާމްދަނީއަށް އަސަރު ކުރާ އެތައް ކަމެއް ހިނގަމުން ދާއިރު، ރައްޔިތުންގެ ހަރަދުތައް ވެސް އިންތިހާއަށް އިތުރުވެފައިވާކަމަށް މިއަދުގެ ޖަލްސާގައި ވައްޑެ ވިދާޅުވި އެވެ. އެނާ ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ބޮޑުވުމުން ކުޑަ ކުރަން ވީ، އެތެރޭގެ ހަރަދުތައް ނަމަވެސް އޭގެ ބަދަލުގައި އަޅަނީ ރައްޔިތުންނަށް ގެއްލުން ހުރި ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެ ވާހަކަތައް މަޖިލީހުގައި ދެއްކުމުން ޕާޓީގެ ޕާލިމަންޓު ގުރޫޕުން ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ. ރައީސް ސޯލިހު އަންގަވައިގެން، އެމްޑީޕީގެ އެތެރެއިން ޕާޓީގެ އެހެން މެމްބަރުންތަކަށް ޖެއްސުން ކުރަމުން ދާއިރު އެކަން ހާމަކޮށް ތެދު ހަގީގަތް ގެނެސް ދޭން ތިބީ މީޑިއާކަމަށް ވައްޑެ ވިދާޅުވި އެވެ.

މީޑިއާތަކުގެ މައްޗަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ކުރާ ތުހުމަތުތައް ތަކުރާރު ކުރައްވައި މިއަދުގެ ޖަލްސާގައި ވައްޑެ ވިދާޅުވީ ރައްޔިތުންނަށް ހަގީގަތް ހާމަ ކުރުމުގެ ފުރިހަމަ ޒިންމާ އޮތީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރުގެ އަތް މަތީގައި ކަމަށެވެ. އެކަމަކު މިއަދު މުޖްތަމައުގެ ތެރެއިން އެ މަންޒަރު ފެންނަން ނެތުމަކީ ކަންބޮޑުވުމެއްކަން އޭނާ ފާހަގަ ކުރި އެވެ.

ވެރިކަމަށް އައުމަށާއި، އަދި ސަރުކާރު އުފެދުމަށް ފަހު ވެސް އެކި ބައްދަލުވުންތަކާއި ޖަލްސާތަކުގައި ރައީސް ސޯލިހު އެންމެ ބޮޑަށް ދެއްކެވީ މީޑިއާގެ މިނިވަންކަން ގާއިމު ކުރުމުގެ ވާހަކަތައް ނަމަވެސް މިއަދު ނޫސްވެރިން ކޮންޓްރޯލު ކުރަނީ ސަރުކާރުންކަމަށް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑުމެން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެގެން ހެންވޭރުކޮޅު އަޑިޕާކުގައި ބޭއްވުނު ބައްދަލުވުމެއްގެ ތެރޭގައި އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ.. ދައުލަތުގެ ނުރަނގަޅު ކަންކަން ހާމަ ކުރުމުގެ ޒިންމާ އޮތީ އަދި ޑިމޮކްރަޓިކް ހަމަތަކެއްގެ ހަތަރު ވަނަ ބާރަކީ މީޑިއާގެ ބާރޭ.. މީޑިއާގެ ބާރު ތިބޭފުޅުން ޒިންމާދާރުކަމާއި އެކު އަދާކުރައްވާށޭ.. ކަން ވީ ކިހިނެއް ތޯ.. ދެން މާގިނަ ދުވަހެއް ނުވެ އައީ ކޮވިޑުގެ އާލަމީ ވަބާ….. އެކަމަކު އެ ދަތި އުނދަގުލުގެ ހާލަތުގައި ކުއްލިއަކަށް ފެނިގެން މި ދިޔައީ ސަރުކާރުން ބޭއްވި ހަރަކާތް އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ކުއްލިއަކަށް މީހުންގެ ހިޔާލަށް ވެސް ނާންނަހާ.. އަދަދަށް ކުއްލިއަކަށް ކުދި ކުދި ނޫސްތައް.. 30 -40  ނޫސް.. މިއިން ކޮންމެ ނޫހެއްގެ އެކީ އެއް ވާނަކަށް، އެއް ބަހުރުވައަކުން އެއް އިބަރާތަކުން… ހަމަކިޔާލީމަ އިނގޭނެ މިއީ އެކަކު ޖައްސުވާފަ ހުރި ހަބަރުކަން.. ބައެއް ނޫސްތަކުގައި އެބަހުރި ހަތަރު ނޫހުގަ އެކި ނަންނަމުގައި އަކުރުން އަކުރަށް އެ އާޓިކަލެއް ލިޔެފަ“ ވައްޑޭ

ސަރުކާރުން ވައުދުވި ގޮތާއި ހިލާފަށް، މީޑިއާތަކަށް ފޯރުވާ ނުފޫޒުތައް ހުއްޓާލުމަށް ގޮވާލައި ވައްޑެ ވިދާޅުވީ ކޮވިޑަށް ފަހު ސަރުކާރުން މީޑިއާތަކަށް ދިން ސްޕޮންސާރ އިތުރުވެފައިވާ ކަމަށެވެ.

ވައްޑެ ވިދާޅުވި ގޮތުގައި ކޮވިޑުގެ ތެރޭގައި ކުއްލިއަކަށް ނޫސްތަކުގެ އަދަދު ވެސް އިތުރުވި އެވެ. އަދި އެކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ އޭރު ސިލްސިލާކޮށް ބާއްވަމުން ދިޔަ ޕްރެސްތަކުގެ ތެރެއިންކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑާއި ދިމާކޮށް އަލަށް އުފެދުނު މީޑިއާތަކަށް ވެސް ސަރުކާރުން ފައިސާ ދެމުން ގެންދާކަމަށެވެ.

މީގެއިން ކޮންމެ މީޑިއާއަކަށް ބެލި ނަމަވެސް، އެއީ ރަނގަޅަށް ހިނގާ ނޫސްތަކެއް ނޫންކަން އެނގޭކަމަށާއި އަދި ކުއްލިއަކަށް އިތުރުވެގެން އެ އެއައި ނޫސްތަކުން ފެންނަ ހަބަރުތަކާއި ރިޕޯޓުތައް ހުންނަނީ އެއް ގޮތަކަށް އެއް އިބަރާތަކުންކަމަށް ވެސް ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ ބައެއް ފަހަރަށް އެއް ރިޕޯޓެއް ތިން ހަތަރު ނޫހެއްގައި ވެސް ހުންނަ މަންޒަރު ފެންނަކަމަށާއި އޭގެއިން ކޮންމެ އާޓިކަލްއެއްގެ މަތީން ފެންނަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސްތިހާރެއް ކަމަށެވެ.

ނޫސްވެރިކަމުގެ ތެރެއަށް ބާރު ފޯރުވައި، ވަކި ކަމެއް ހުއްޓުވޭނީ ހަމައެކަނި ހަރަކާތެއް ކަވަރު ކުރުމުގެ ތެރޭގައި އެކަމަށް ހުރަސް އަޅައި އަނިޔާކޮށްގެން ނުވަތަ ގަދަބާރު ދައްކައި ގާނޫނުތައް ވެސް ގެނެސްގެން އެކަނި ނޫންކަން ފާހަގަކޮށް ވައްޑެ ވިދާޅުވީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެސް މީޑިއާގެ މިނިވަންކަމުގެ މައްޗަށް ބާރު ފޯރުވިދާނެ ކަމަށެވެ. އަދި މިހާރު ސަރުކާރުގެ ތެރެއިން ސާފުކޮށް ފެންނަން އޮތީ އެ މަންޒަރުކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިކަމަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ވައްޑެ ވިދާޅުވީ، ސަރުކާރުން ވައްކަމާއި ކޮރަޕްޝަން ހިންގަމުން ދާކަމަށް ތުހުމަތު ކުރައްވަ އެވެ. އަދި އެކަމުގައި ދައުލަތުގެ އިސްވެރިންޏާއި ރައްޔިތުންގެ މަޖިލީހުގެ ބައިވެރިން ބައިވެރިވެ ބޮޑެތި މުއާމަލާތައް ހިންގާއިރު އޮޅުވާލުންތައް އޮޅުވާލާކަމަށް ވިދާޅުވެ އެވެ.

ސަރުކާރުގެ އެއްވެސް ރޭވުންތެރިކަމެއް އަދި ރޭވުންތެރިކަމެއް ނެތްއިރު އެ ވާހަކަތައް ދައްކަން މީޑިއާތަށް ކޮބައިތޯ ވައްޑެ ސުވާލު އުފެއްދެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: