ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފައިދާ ހުރި ގޮތަކީ އަމިއްލަ ރިސޯޓެއް ތަރައްގީކޮށްގެން ހިންގުން: އެމްޓީޑީސީގެ އެމްޑީ

އެމްޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރު ތަޒްމީލް އަބްދުލްސަމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްޓީޑީސީ) އިން އިންވެސްޓުކޮށްގެން ރާއްޖޭގައި 230 އެނދުގެ ރިސޯޓެއް ބިނާ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ތަޒްމީލް އަބްދުލްސަމަދު ވިދާޅުވެއްޖެއެވެ.

އެމްޓީޑީސީއަށް 15 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ތަޒްމީލް ވިދާޅުވީ، އެ ކުންފުނިން އަމިއްލަ ރިސޯޓުތައް ތަރައްގީ ކޮށްގެން ހިންގުމަކީ ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. އެހެންކަމުން އެމްޓީޑީސީ އިން އިންވެސްޓުކޮށްގެން ރާއްޖޭގައި 230 އެނދުގެ ރިސޯޓެއް ބިނާކުރަމުންދާކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އެ ފަދަ މަސައްކަތެއް ކުރުމުގެ ގާބިލުކަން ކުންފުނީގައި ހުރިކަމަށެވެ. އެނާ ވިދާޅުވީ، ރިސޯޓު ތަރައްގީ ކުރެވިގެންދާނީ ޒަމާނީ ފެންވަރުގައި އެންމެ ފަހުގެ ވަސީލަތްތަކާއި އެކުކަމަށެވެ. އަދި ހުރިހާ ގިންތިއަކަށް އެ ރިސޯޓުގެ ހިދުމަތްތައް ލިބިގެންދާނެކަމަށްވެސް ތަޒްމީލް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ކުންފުނިން އެންމެ ބޮޑު ސަމާލުކަމެއް ދީގެން މިހާރު ކުރަމުންދާ މަސައްކަތަކީ ހދ ނާގޮށީގެ މަސައްކަތްކަމަށެވެ. އަދި އެ ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ ޖޮއިންޓު ވެންޗާ އުސޫލުން ޔޫއޭއީގެ ގަލަދާރީ ހޯލްޑިންގްސް އާއި ގުޅިގެން ހިންގޭ ޕްރޮޖެކްޓެއްގެ ގޮތުގައިކަމަށާއި އެ ރަށް ތަރައްގީ ކުރެވޭނީ ދެ މަރުހަލާއެއްގެ މައްޗަށް ބަހާލައިގެންކަމަށްވެސް ވިދާޅުވިއެވެ.

ތަޒްމީލް ވިދާޅުވީ، ނާގޮށި ތަރައްގީކޮށް ނިމޭ އިރު އެ ރަށް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރެވިގެންދާ އެންމެ ބޮޑު އެއް އިންވެސްޓުމެންޓަށްކަމަށެވެ. އަދި އެ ޕްރޮޖެކްޓަކީ ތަފާތު މޮޑެލްއެއްގެ މައްޗަށް ބިނާކޮށް ހިންގޭ ޕްރޮޖެކްޓެއްކަމަށްވުމުން އެ ރަށް އޮޕަރޭޓު ކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ހަވާލުވާނެކަމަށްވެސް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރަށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ދަނީ ޝެޑިއުލްއާއި އެއް ގޮތް ވާ ގޮތުގެ މަތިންކަމަށެވެ.

މީގެ އިތުރުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަށް އަލި އަޅުއްވައި ތަޒްމީލް ވިދާޅުވީ، ކުންފުނީގެ ލޯގޯ ރީބްރޭންޑު ކުރުމާއި އާ ވެބްސައިޓެއް ލޯންޗު ކުރުމުގެ އިތުރުން ކުންފުނީގެ އޮފީސް އިމާރާތް އިފްތިތާހު ކުރުންވެސް ރަސްމިއްޔާތުގެ ތެރޭގައި އޮންނާނެކަމަށެވެ.

އެނާ ވިދާޅުވީ، އިފްތިތާހު ކުރެވޭ ކުންފުނީގެ އޮފީސް ޕްރޮޖެކްޓަކީ އެކަމަށް ބޮޑު އަހައްމިޔަތުކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުން 6،000 އަކަ ފޫޓުގެ ބިމެއް ގަނެއް އެ މަސައްކަތްތައް ކުރެވިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: