ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީޑީސީގެ ފާއިތުވެދިޔަ އަހަރުގެ ފައިދާ 50 މިލިއަނަށްވުރެ މަތީގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ސަބަބުން ގައުމުގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ހީނަރުކަމާއި އެކު ވެސް، ކުންފުންޏަށް ފައިދާވެފައިވާތީ 2019 ވަނަ އަހަރަށްވުރެ ބޮޑު ފައިދާއެއް ހިއްސާދާރުންނަށް ދޫކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ބުނެފި އެވެ.

އެމްޓީޑީސީއިން އާއްމު ކުރި ނޫސްބަޔާނެއްގައި ބުނީ، ކުންފުނީގެ 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ވިޔަފާރި ފައިދާއެއްގެ ގޮތުގައި 3،301،880 އެމެރިކާ ޑޮލަރު ލިބފައިވެއެވެ. ދިވެހި ފައިސާއިން ބަލާކަމަށްވާނަމަ އެއީ 50,914,989.6 (ފަންސާސް މިލިއަން ނުވަ ލައްކަ ސާދަ ހާސް ނުވަ ސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ހަ ލާރި) އެވެ.

އެ ކުންފުނިން ހާމަކުރިގޮތުގައި ކުންފުނީގެ މާލީ ހިސާބުތައް ހެދިފައި ވަނީ އާމްދަނީ އިން ޓެކްސް ނެގުމުގެ ގަވާއިދަށް ގެނެވުނު އިސްލާހަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. އެ އިސްލާހުގެ ދަށުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އޮޕަރޭޓިންގ ލީސްއެއްގެ ދަށުން ދައްކާ ކުއްޔާ ގުޅިގެން އުނިކުރެވޭނީ މިކުންފުނިން އިހުތިޔާރުކޮށްފައިވާ IFRS16 ހިސާބުކުރުމުގެ މިންގަނޑާ އެއްގޮތަށްކަމަށް ބަޔާނުގައި ވެއެވެ.

އެމްޓީޑީސީން ބުނީ އެ އިސްލާހުގެ ކުރިން އަމަލުކުރަމުން ދިޔަ ގަވައިދުގެ ދަށުން 2019 ވަނަ އަހަރު ޓެކްސް ބިނާކުރުމުގެ އާމްދަނީ ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުން ކުރެވުނު މިންގަނޑުގެ ސަބަބުން ޑިފާޑް ޓެކްސް އެސެޓްގެ ގޮތުގައި ހިސާބުކުރެވިފައިވާ އަދަދު ވޭތުވެދިޔަ އަހަރުގެ ހިސާބުތަކުން އުނިކުރެވިފައިވާ ކަމަށެވެ.

ކުންފުނީގެ މާލީ ހިސާބުތައް މުރާޖައާ ކުރާއިރު، ނިމިދިޔަ އަހަރަކީ ކުންފުންޏަށް ޓެކްސް ނުހިމަނާ އެންމެ ބޮޑު ފައިދާއެއް ވީ އަހަރުގެ ގޮތުގައި އެމްޓީޑީސީން ފާހަގަ ކުރިއެވެ.

2020 ވަނަ އަހަރަކީ ކޮވިޑު-19 ގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އޭގެ ނޭދެވޭ އަސަރެއް ކުރުވި އަހަރެއް ނަމަވެސް ކުރެވުނު ބުރަ މަސައްކަތުން އެމްޓީޑީސީއަށް ޓެކްސް ރިކޯޑު ކުރުމުގެ ކުރިން ވިޔަފާރި ފައިދާއެއްގެ ގޮތުގައި 3،301،880 އެމެރިކާ ޑޮލަރު ލިބފައިވާ ކަމަށް ކުންފުނިން ބުންޏެވެ. މިއީ 2019 ވަނަ އަހަރުގެ ފައިދާ އަޅާބަލާއިރު %115 ގެ ބޮޑު ކުރިއެރުމެކެވެ.

އެހެންވެ ކުންފުނީގެ މެނޭޖްމެންޓުންނާއި ބޯޑުން، 2019 ވަނަ އަހަރަށްވުރެ ބޮޑު ފައިދާއެއް ހިއްސާއަކަށް ދޫކުރުމަށް ނިންމާފައިވާކަމަށް އެމްޓީޑީސީން ވަނީ ބުނެފައެވެ.

އެމްޓީޑީސީން ބުނެެފައިވަނީ ކުންފުންޏަށް ރިކޯޑް މިންވަރެއްގެ ފައިދާވީ ކަމުގައިވި ނަމަވެސް، 2020 ވަނަ އަހަރުގެ ސާފު ފައިދާ ދަށްވެފައިވަނީ މި އިސްލާހާއި އެއްގޮތަށް ޑިފަޑް ޓެކްސް އެސެޓްގެ ގޮތުގައި ހިސާބު ކުރެވިފައިވާ ޓެކުހުގެ ހަރަދު 2020 ވަނަ އަހަރުގެ ހިސާބުތަކުން އުނިކުރުމުގެ ސަބަބުން ކަމަށެވެ. އަދި އެގޮތަށް އަމަލުކުރަން ޖެހުނީ 19 އެޕްރިލް 2021 ގައި މީރާއިން ގަވާއިދެއް ހައްދަވާ، އެޤަވާއިދަށް އަމަލުކުރުމަށް އެންގުމުންކަމަށް ވެސް ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: