ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިޔާ – ތުރުކީއަށް އެހީވުމަށް ރާއްޖޭން އެއް މިލިއަން މަސް ދަޅު ހަދިޔާ ކުރަނީ

ބިންހެލުމުގައި ބިމާ ހަމަވެފައިވާ ތުރުކީގެ އިމާރާތްތައް - ފޮޓޯ: ބީބީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތުރުކީ އަދި ސީރިއާ ބޯޑަރު ކައިރިއަށް އައި ދެ ބިންހެލުމާއި ގުޅުގެން އެ ދެ ގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދޭ އެހީއެއްގެ ގޮތުގައި މަސް ދަޅު ހަދިޔާ ކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

7.8 މެގްނެޓިއުޑް ބާރުމިނުގައި ތުރުކީއަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 21،000 އަށް ވުރެ މައްޗަށް ވަނީ އަރާފަ އެވެ. ތުރުކީން 18،000 މީހަކު މަރުވެފައިވާކަމަށް ރިކޯޑުތަކުން ދައްކާއިރު ބިންހެލުމުގެ ސަބަބުން ސީރިއާއަށް ކުރި އަސަރުތަކުގައި 3،000 އަށް ވުރެ ގިނަ މީހަކު ވަނީ މަރުވެފަ އެވެ. އަދި އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.

މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމަށް ފަހު، އޭގެ އަސަރު ފަހުން ވެސްކޮށް އާފްޓަޝޮކް ނުވަތަ ކުދި ލޮޅުންތަކުގެ އަސަރުތަކެއް ދެ ގައުމަށް ވެސް ކުރި އެވެ. ދުނިޔޭގެ އެކި ގައުމުތަކުން ސީރިއާ އަދި ތުރުކީއަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު މިއަދު ސަރުކާރުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ދެގައުމުގެ ވެރިންނަށް ވެސް ގުޅުއްވައި ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ.

ރާއްޖެއިން ދޭ އެހީއެއްގެ ގޮތުގައި، ސީރިއާއި ތުރުކީއަށް ޖުމްލަ އެއް މިލިއަން މަސްދަޅު ފޮނުވުމަށް ނިންމާފައިވާކަމަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ. އެއީ ތުރުކީއަށް 500،000 މަސް ދަޅު އަދި ސީރިއަށް ވެސް 500،000 މަސް ދަޅެވެ.

މިއީ ތުރުކީއަށް ފަހުގެ ތާރީހެއްގައި އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 80%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: