ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީ ކާމިޔާބު ކުރެވުނީ، އިގްތިސާދު ފުނޑާލުމަށް މަސައްކަތްކުރީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭތީ: ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ދަހިވެތިކަމުގައި ބަޔަކު މީހުން މަސައްކަތްކުރަމުންދަނީ ގައުމުގެ އިގްތިސާދު ފުނޑާލަންކަމަށާއި، އެކަން ކުރަމުންދަނީ ކޮން ބައެއްކަން ރައްޔިތުންނަށް ސާފުވާނެކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ގައުމުގެ އިގްތިސާދު ނެތިކޮށްލުމަށް ބަޔަކު މީހުން މަސައްކަތްކުރަމުންދާކަމަށް ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާ ޝަރީފް ވިދާޅުވީ، ކޮވިޑް 19ގެ ދަތި ދުވަސްވަރު، ރައްޔިތުންނަށް ބަލާލުމެއް ނެތި، ބަޔަކު މީހުންވަނީ ގައުމު ބަނގުރޫޓުކޮށްލުމަށްޓަކައި މަޖިލީހުގެ ތެރޭގައި “ގަދަ ފައި” ވިއްދައި މަސައްކަތްތަކެއް ކޮށްފައިކަމަށެވެ.

އެނާ ވިދާޅުވީ، ވިސްނާ ކޮންމެ ރައްޔިތަކަށްވެސް އެކަން ކުރަން މަސައްކަތް ކުރީ ކޮން ބައެއްކަން ސާފުވާނެކަމަށެވެ. އަދި ކުރިމަތިވެގެންދިޔަ ސިއްހީ ކާރިސާ އާއި އިގްތިސާދީ ކާރިސާގެ ތެރެއިން ގައުމު ސަލަމާތް ކުރުމަށް މަސައްކަތްކުރީ ކޮން ބައެއްކަމާއި، އެކަން ކުރީ ކޮން ބޭފުޅެއްގެ ބެލުމުގެ ދަށުންކަންވެސް ސާފުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ގައުމުގެ އިގްތިސާދު ފުނޑާލުމަށް ބަޔަކު މީހުން މަސައްކަތްކޮށްފައިވަނީ އަދި ކުރަމުންދަނީ ވެރިކަމުގެ ދަހިވެތިކަމުގައިކަމަށެވެ. އަދި 61 އިންސައްތައާއިއެކު، ރައީސް ސާލިހަށް ޕްރައިމަރީ ކާމިޔާބު ކުރެއްވުނީ، އެކަން ކުރަމުންދަނީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭތީކަމަށް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ޕްރައިމަރީގައި ލިބިގެންދިޔަ ކާމިޔާބީ އާއިއެކު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ގިރާ ކުރެވުނީކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕްރައިމަރީއަށްވުރެ ފަސޭހަވާނެކަމަށާއި، ރައްޔިތުން ރައީސް ސާލިހު ބަލައިގަނެފައިވާކަން ފެންނަން އޮތްކަަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: