ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ވިދާޅުވާ އެމްޑީޕީގެ ސިޔާސަތުތައް ދުނިޔެއަކު ނުހިންގޭނެ: ގަޕޯ

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރް މޫސާ(ގަޕޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ އެމްޑީޕީގެ ސިޔާސަތުތަކެއް ދުނިޔޭގައި ނުހިންގޭނެކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންތަކުގެ ތެރޭގައި ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ބޮޑެތި ތުހުމަތުތަކެއްކުރައްވާ، އެމަނިކުފާނަކީ ނާގާބިލު ބޭފުޅެއްކަމަށް ރައްޔިތުންނަށް ދައްކަވާދެއްވުމަށްޓަކައި ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އަދި އެމަނިކުފާނުގެ މި ވެރިކަމުގައި ތަންފީޒްކުރަމުން ގެންދަނީ އެމްޑީޕީގެ ސިޔާސަތުތަކެއް ނޫންކަމަށާއި، މިއީ އަސްލު އެމްޑީޕީގެ ވެރިކަމެއް ނޫންކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ.

މި ވާހަކަތަކާއި ގުޅޭ ގޮތުން ސަންގު ޓީވީގެ “ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުލްޢަފޫރު ވިދާޅުވީ ބޭނުންހާ ވާހަކައެއްދެއްކޭނީ ކަންކަން ނޭނގޭ ނުދަންނަ މީހުންކައިރީގައިކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއިދުހޯއްދެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަޒީފާ އުފެއްދިކަމަށް ބުނާ ވާހަކައަށް ރައްދުދެއްވާ އަބްދުލްޢަފޫރު ވިދާޅުވީ އޭނާއަކީވެސް ރައީސް ސާލިހާއި ވަރަށް އަރިހުން މަސައްކަތްކުރައްވާ ބޭފުޅެއްކަމަށާއި، ނަމަވެސް އޭނާގެ ދާއިރާގެ އެއްވެސް މީހަކަށް ދިން ވަޒީފާއެއް ނޯންނާނެކަމަށެވެ.

“ހަމަގައިމުވެސް އަޅުގަނޑަކީވެސް ރައީސް ސާލިހުގެ ވަރަށް ކައިރިން މަސައްކަތްކުރާ މީހެއް. ހަމަ ތިޔަ ވަޒީފާ އެތަނުންވެސް ދޭނެތާ. ދިންތޯ؟ ހަމަ ހުސް ރޯ ބުހުތާނު ދޮގެއްނޫންތޯ” އަބްދުލްޢަފޫރު ވިދާޅުވިއެވެ.

ފައިސާ ބައްސަވާކަމަށް ބުނެ ރައީސް ސާލިހާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން ނޫސްވެރިޔާ ސުވާލުކުރުމުން އަބްދުލްޢަފޫރު ވިދާޅުވީ، ކެމްޕެއިންގެ ހަރަކާތްތަކަށް ފައިސާ ހަރަދުކުރާނެކަމަށެވެ. އަދި ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަވަމުން އެ ގެންދަވަނީ އެއްވެސް ކަހަލަ ހެއްކެއް ގަރީނާއެއް ނެތް ކަންތައްތަކުގައިކަމަށެވެ.

ކަންކަން ނިމުމުން ރިވެތި އުސޫލުން ކަންކަން ބަލައިގަންނަޖެހޭކަމަށް ފާހަގަކުރައްވާ އަބްދުލްޢަފޫރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކުރާފަދައިން ރާއްޖޭގައި ކަން ނުކުރެވޭނެކަމަށެވެ. އަދި އެމްޑީޕީއިން ވެރިކަމަށް އައީ އެފަދައިން ކަން ކުރަން މަސައްތްކުރުމުން އެ ވެރިކަން ބަދަލުކުރުމަށްފަހުގައިކަމަށް އަބްދުލްޢަފޫރު ވިދާޅުވިއެވެ. އެމްޑީޕީގެ މި ވެރިކަމަކީ ވަކި މީހަކު ގެނައި ވެރިކަމެއް ނޫންކަމަށާއި، އެހެންކަމުން ކޮންމެ މީހަކުވެސް އުޅެން ޖެހޭނީ މި ވެރިކަމުގެ ނިޒާމުގެ ތެރޭގައިކަމަށް އަބްދުލްޢަފޫރު ވިދާޅުވިއެވެ.

“މި ވެރިކަން ނިކުމެ ފުޑާލައިގެންނެއް ވަކި ކާކަށް ކޮން މޮޅެއް ވާނީ. އެކަކަށް އެއް މޮޅެއްވެސް ނުވާނެ. ވާ ގެއްލުމެއްގަ އެންމެންނަށް އެ ގެއްލުން ވެގެންދާނެ. އެންމެ މަގުމަތިވެގެން ދާނެ. މިއަދު ޔާމީނުވެސް އޯކޭ ވެރިކަން ވައްޓާލަން ނިކުންނަންވީމަ” އަބްދުލްޢަފޫރު ވިދާޅުވިއެވެ.

އަބްދުލްޢަފޫރު ވިދާޅުވިގޮތުގައި މިފަދަ ވާހަކަތައް ދައްކަވާ އެކި ތުހުމަތުތައް ސިޔާސީ ބޭފުޅުން ސަރުކާރަށް ކުރަނީ މި ވެރިކަމުގައި ރާއްޖެއަށް ގެނައި ތަރައްގީ ފެނިފައެވެ. އަދި އެ ތަރައްގިގެ ސަބަބުން އުދަނގޫވާ ބޭފުޅުން ތިއްބަވާނެކަމަށް ދޭހަވާފަދަ މޭރުމަކުން އޭނާ ވާހަކަދެއްކެވިއެވެ.

އަބްދުލްޢަފޫރު ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވާ ސިޔާސަތުތައް ދުނިޔޭގައި ނުހިންގޭނެކަމަށެވެ. މާ ސިންގާ ކަނޑުގައި ޕްލެޓްފޯމެއް އަޅައިގެން ތެޔޮ ވިއްކުމަކީ އެމްޑީޕީގެ ސިޔާސަތެއްކަމުގައި ރައީސް ނަޝިދު ވިދާޅުވާކަމަށް ފާހަގަކުރައްވާ އަބްދުލްޢަފޫރު ވިދާޅުވީ ނަމަވެސް ރާއްޖެފަދަ ގައުމެއްގައި މިފަދަ ކަންތައްތަކެއް ނުކުރެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: