ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސިރު އެންމެ ފަހުން ފެނުނީ އެއާޕޯޓު ޓާމިނަލްއަށް ވަންނަނިކޮށް: ފުލުހުން

ގެއްލިގެން ހޯދަމުން އަންނަ ސ.މަރަދޫ، ގަސްކަރަ، މުޙައްމަދު އާސިރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 04 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ، އައްޑޫ މަރަދޫ ގަސްކަރަ މުހައްމަދު އާސިރު އެންމެ ފަހުން ފެނިފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްއަށް ވަންނަ މަންޒަރުކަމަށް ފުލުހުން ހާމަކޮށްފި އެވެ.

އުމުރުން 31 އަހަރުގެ އާސިރު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މި މަހުގެ 04 ވަނަ ދުވަހު ރޭގަނޑުގެ 17:30 ހާއިރުން ފެށިގެން ފެނިފައި ނުވާކަމަށް ބުނެ އާއިލާއިންނެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އާސިރު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށް ކަމަށެވެ. އަދި މިހާތަނަށް އޭނާ ފެނިފައިނުވާއިރު މާލޭގެ ވަރަށް ގިނަ ސީސީޓީވީ ފުޓޭޖުތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ސީސީޓީވީ ބަލާފައިވާކަމަށް މައުލޫމާތު ދިނެވެ.

އެގޮތުން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލް ކުރިމަތިން އޭނާ ހުދު ކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެންނަކަމަށާއި އެ ކާރުގައި އޭނާ ދިޔައީ އެއާޕޯޓަށްކަމަށް ފުލުހުން ބުންޏެވެ. އަދި ޓެކްސީ އެއާޕޯޓު ޓާމިނަލް ކައިރިއަށް މަޑު ކުރުމުން އޭނާ ފައިބައިގެން ގޮސް އެއާޕޯޓުގެ ޓާމިނަލްއަށް ވަންނަ މަންޒަރު ސީސީޓީވީން ދައްކާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ އެއާޕޯޓަށް އާސިރު ވަތް ނަމަވެސް، އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން އެނގިފައި ނުވާކަމަށެވެ. އެހެންވެ، އަދިވެސް އޭނާ ހޯދުމަށް އިތުރު ސީސީޓީވީ ފުޓޭޖުތައް ބެލުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް މީޑިއާތަކަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ ޔާސިރު ހޯދުމުގެ ގޮތުން އަތޮޅުތަކުގެ ފުލުސް ސްޓޭޝަންތައް މެދުވެރިކޮށް މަސައްކަތް ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޓާމިނަލްއަށްވަންތަން ފެނިފަ ދެންވީގޮތެއް ނޭގޭކަމށް ފުލުހުންހާމަކުރީމާ ހާރާންވޭ މިހެންމިބުނީ ވެލާނާއިންޓަނޭޟަނަލް އެއާޕޯޓަކީ އާދައިގެ ފަގީރު މީހެއްގެގެޔަކށްނުވާތީ އަޅުގަޱަށް ދުނިޔޭގެ އެހެނިހެން ގައުމުތަކުން ފެނިފާހުރިގޮތުން އެއާޕޯޓުތެރެއަށް ވަދެއްޖެއްޔާ ކޮއްމެތަނެއްގާ ހުއްޓަސް އެމީހަކު ވީނުވީތަނެއް ހޯދޭ އެހެންކަމުން މިހާދިސާގާ ފޮރުވިފަވާސިއްރެއްވާކަމަށް ގަބޫލުކުރެވޭ ދާދިއިހަކަށްދުވަހު ޚަބަރުތަކުންއަޱުއިވިގެންދިޔައީ ބަޔަކުރާއްޖެއިންބޭރުން އެތެރެކުރި އެތަކިލޯ މަސްތުވާތަކެތި އެއާފޯޓުތެރެއިން ގެލުނުވާހަކަ މިދެކުޱަކުއްޖަކުވެސް ގަބޫލުނުކުރާނެކަހަލަ ވާހަކަތަކެއް އެހެންވީމާ ކިކަހަލަކޮއްމެކަމެއްގެފަހަތުގާވެސް ސަރުކާރުގެ ނުފޫޒުގަދަބޭފުޅަކު ހުރެގެންކަމަށް ވާނުވާ ނޭގޭކަމަށްބުނަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: